Ads by Aqeeqa Maldives

ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ހާމަކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ހާމަކޮށްފި

ކަނޑު ގަދަދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ، ފޮޓޯ: ކޮރަލް ގްލާސް

07 މޭ 2025، 09:24

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. 

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވާރޭވެހިފައެވެ. މިއީ ދެ މޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށް އެ އިދާރާއިން ހާމަކުރެއެވެ. 

މެޓް އޮފީހުން މިއަދު ހާމަކުރީ، މި ކުރަމުންދާ ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި ފަރާތްތަކުން އަންނަނީ އަންގަމުންނެވެ. އެގޮތުން ފުލހުންގެ އިދާރާއިން އިލްތިމާސްކުރީ، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި، ކަނޑު އުޅަނދަށް ކަނޑއަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުނާއި މުދާ ނޭރުވުމާއި، ޒާރޫރީ ބޭނުންތަކަށް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށާއި، އުޅަނފުގައި ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓު އަޅައިގެން ތިބުމާއި އަދި އެމަޖެންސީ ހާލަތްތަކުގައި ގުޅަންޖެހޭ ނަންބަރުތައް ފެންނާނޭހެން ބެހެއްޓުން ހިމެނެއެވެ. 

ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS