ޚަބަރު
ޖަރުމަނުވިލާތުގެ ޗާންސަލަރަކަށް އިންތިހާބުވި މާރޒްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ދަންނަވައިފި

ޖަރުމަނުވިލާތުގެ ޗާންސަލަރަކަށް އިންތިހާބުވި ކޮންޒަރވޭޓިވް ލީޑަރ ފްރެޑްރިޗް މާރޒް، ފޮޓޯ: ގެޓީ އިމޭޖަސް

ފަރުދުން
06 މޭ 2025، 10:58
06 މޭ 2025، 10:58
ޖަރުމަނުވިލާތުގެ ޗާންސަލަރަކަށް އިންތިހާބުވި ކޮންޒަރވޭޓިވް ލީޑަރ ފްރެޑްރިޗް މާރޒްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.
މާރޒްގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓުގައި ވިދާޅުވީ، މާރޒްގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާކުރަނިވި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.
Congratulations to @_FriedrichMerz on your election as the Chancellor of Germany. The Maldives values our close and friendly relations, and looks forward to deepening bilateral cooperation and advancing shared global priorities during your tenure.
— Dr Mohamed Muizzu (@MMuizzu) May 6, 2025
ޖަރުމަނުވިލާތުގެ ޕާލަމެންޓު، ބުންޑެސްޓެގްގައި ހިމެނޭ 630 ސީޓުގެ ތެރެއިން މިއަދު އޮތް އިންތިހާބުގައި މާރޒް ވަނީ 325 ވޯޓު ހޯދާފައެވެ. އެއީ ދެބައިކުޅައެއްބައި ވޯޓަށް ވުރެ 9 ވޯޓުގެ އިތުރުވުމެކެވެ.
ނަމަވެސް ފުރަތަމަ ވޯޓު ނެގިއިރު މާރޒްއަށް ދެބައިކުޅަ އެއްބައި ވޯޓު ކާމިޔާބުކުރެއްވިފައެއް ނުވެއެވެ. އެހެންކަމުން ބުންޑެސްޓެގްގައި ވަނީ ދެވަނަ ފަހަރަށް ވޯޓު ނަގާފައެވެ.