Ads by Aqeeqa Maldives

ޚަބަރު

ފުލުހުން ހޯދަމުންދާ މީހެއްގެ ވަނަވަރު އާންމުކޮށްފި

ފުލުހުން ހޯދަމުންދާ މީހެއްގެ ވަނަވަރު އާންމުކޮށްފި

މައްސަލައެއްގެ ތުހުމަތުގައި ހޯދަމުންދާ ށ. މިލަންދޫ، ނަސީމީވިލާ އުމުރުން 29 އަހަރުގެ އިސްމާއިލް ސަމީމް ---

farudhun logo

ފަރުދުން

06 މޭ 2025، 10:36

06 މޭ 2025، 10:36

މައްސަލައެއްގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަމުންދާ މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާއަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުން ހޯދަމުންދާ މީހާއަކީ ށ. މިލަންދޫ، ނަސީމީވިލާ އުމުރުން 29 އަހަރުގެ އިސްމާއިލް ސަމީމްއެވެ. 

މި މީހާ ހޯދުމަށް އިޢުލާންކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މީހާ ފުލުހަށް ހާޒިރުކުރަން ބޭނުންވަނީ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 މެއި 14 ވަނަ ދުވަހުގެ ހެނދުނު  11:30 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS