ކުޅިވަރު

އެފްއޭއެމް ލީގު ކަޕް: ފުރަތަމަ މެޗު އެއްވަރުވެ ޓީސީ އާއި އޮޑިއަށް ޕޮއިންޓެއް

އެފްއޭއެމް ލީގު ކަޕް: ފުރަތަމަ މެޗު އެއްވަރުވެ ޓީސީ އާއި އޮޑިއަށް ޕޮއިންޓެއް

އެފްއޭއެމް ލީގު ކަޕް، ފޮޓޯ: މިހާރު

farudhun logo

ފަރުދުން

05 މޭ 2025، 07:03

05 މޭ 2025، 07:03

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވާ އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެއްޖެއެވެ.

މިއީ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތައް ހިމެނޭހެން އެފްއޭއެމްއިން ބާއްވާ ފުރަތަމަ މުބާރާތެވެ. އެންމެ ފަހުން، ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ މުބާރާތެއް ކުޅުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓީސީގެ ގޯލު ބެލެހެއްޓީ ސްރީ ލަންކާގެ ކެޕްޓަން، ސުޖަން ޕެރޭރާއެވެ. ސުޖަން ފޫއަޅުވާލެވޭނެ ރަގަޅު ފުރސަތެއް އޮޑިއަށް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން ގޯލެއް ޖެހުމަށް ޓީސީއިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. 

މި މުބާރާތަކީ ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓަށް ފަސް ކުރަން އެންގުމުން ޓީމުތަކުގެ ޕްރެކްޓިސް ފަށާފައިވާތީ އާއި ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ހުރުމުން، އެފްއޭއެމް އިންް ފީފާ އަށް އެދިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ލީގު ކަޕްގައި ވާދަކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ.

މި މުބާރާތުގެ ދެވަނަ މެޗު މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، މިއީ ދިވެހި ފުޓުބޯޅައިގެ ވަރުގަދަ ދެ ކްލަބުގެ ކުރިމަތިލުމެކެވެ. މި މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓު ސްޕޯޓްސް ކްލަބު ކުރިމަތިލާއިރު، މިއީ 2019 ވަނަ އަހަރުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ސަސްޕެންޝަނަކާ ގުޅިގެން 2019 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ނިއުރޭޑިއަންޑް ރެލިގޭޓްވި ފަހުން، އެ ޓީމު 2022 ވަނަ އަހަރު އެނބުރި އައިސް، މިދިޔަ ދެ ސީޒަނުގައި ކުޅެފައިވަނީ ދެ ވަނަ ޑިވިޝަނުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS