Ads by Aqeeqa Maldives

ޚަބަރު

ވާނީގައި ތަމްރީނު ހަދަމުން ދިޔަ ފުލުހަކު ހާލު ސީރިއަސްވެގެން މާލެ ގެނަސްފި

ވާނީގައި ތަމްރީނު ހަދަމުން ދިޔަ ފުލުހަކު ހާލު ސީރިއަސްވެގެން މާލެ ގެނަސްފި

ދ. ވާނީ ---

farudhun logo

ފަރުދުން

04 މޭ 2025، 10:59

04 މޭ 2025، 10:59

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަމްރީނުތައް ހިންގަމުން އަންނަ ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެގެން މިއަދު މާލެ ގެނަސްފިއެވެ.

މިކަން ހާމަކުރުމުގެ ގޮތުން މީޑިއާތަކަށް ފުލުހުން ހާމަކުރި މެސެޖުގައި ބުނީ، ވާނީގައި ޓްރެއިނިން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން ރޭ ފަތިހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި މެންދުރުގެ ވަގުތެއްގައި ވައިގެ މަގުން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ. 

މި ހާދިސާ ހިނގިގޮތް ޙިއްސާކުރަމުން ފުލުހުން ބުނީ، 2025 މެއި 4 ވަނަ ދުވަހުގެ ފަތިހު 04:21 އެހައިކަންހާއިރު،  ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތް ނުކުރާކަން ފާހަގަވިކަމަށެވެ. އެހެންކަމުން 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށުމަށްފަހު ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއަރ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާ ދެމުންދާކަމަށް ހާމަކޮށްފައި ވެއެވެ.

ފުލުހުން ޙިއްސާކޮށްފައިވާ ގޮތުގައި މި ވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގެ އެހީގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS