ޚަބަރު
ޑިގިޓަލައިޒޭސަން ސިޔާސަތާއެކީ ކޮރަޕްޝަން ނައްތާލަން ފަސޭހަވެގެން ދާނެ: ރައީސުލްޖުމްހޫރިއްޔާ

3 މެއި 2025ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ---
ޑިގިޓަލައިޒޭސަން ސިޔާސަތާއެކީ ކޮރަޕްޝަން ނައްތާލައި، ނަޒާހާތްތެރިކަން ކަށަވަރުކުރުމަށް ފަސޭހަވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އިޢުލާންކުރެއްވި "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެ މަނިކުފާނުގެ އެސްޓޯނިއާ ދަތުރުފުޅަކީ މި ސިޔާސަތަށް ތައްޔާރުވުމުގެ ގޮތުން ކުރެއްވެވި ދަތުރެއްކަމަށް ވިދާޅުވިއެވެ. އެސްޓޯނިއާއަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން، ދުނިޔޭގެ އެންމެ ނަޒާހަތްތެރި ޤައުމުތަކުގެ އިންޑެކްސްގައި އެންމެ މަތީގައި އުޅޭ އެއް ޤައުމެވެ.
އެސްޓޯނިއާގެ އެ ސިޔާސަތު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުޅި ދުނިޔެއިން ދެވަނައަށް އެންމެ ޕްރެސް ފްރީޑަމްއޮތީ ވެސް އެ ޤައުމުގައިކަމަށެވެ. އަދި އެ ޤައުމަކީ އެއްކޮށް ޑިޖިޓަލައިޒްކޮށްފައި އޮތް ޤައުމެއްކަމަށާއި، އެއް ވިއުގައަކުން ސަރުކާރު ހިންގޭފަދަ ނިޒާމެއް އޮތް ޤައުމެއްކަމަށެވެ.
އޮޓަމެޓިކަލީ ނުވަތަ ޑިޖިޓަލީ ކަންކަން ކުރާގޮތަށް ބަދަލުވީމަ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ދަށްކުރެވޭނެ. އަދި ކޮރަޕްޝަން ނައްތާލާ ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ ޑިޖިޓަލް ނިޒާމަކަށް ދިޔައިމަ. އަދި އަވަސްވެސް އެބަ ކުރެވޭ.
. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
"މޯލްޑިވްސް 2.0" އަކީ ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހާމަކަން ބޮޑުކަމާއި ފަސޭހަކަމާއެކު ވެރިކަން ހިންގުމުގެ ނިޒާމެއް ޤާއިމްކުރުންކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އެގޮތުން، މި މަޝްރޫޢުގެ ދަށުން ސަރުކާރަށް އިނގިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމާއި، އައިސީޓީ ނިޒާމުތައް ތަރައްޤީކުރުމާއި، ޑިޖިޓަލް ޒަމާނަކަށްފެތޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގައުމުގެ ވިލުންވެރިކަމަށް ސައިބަރ ސެކިއުރިޓީ އިތުރުކުރުމާއި، އޯޕަން ޑޭޓާގެ ނިޒާމެއްގައި ސަރުކާރުގެ އިދާރީ ހިންގުން ބައްޓަންކުރުމާއި އަދި ޑިޖިޓަލް ފާހުގެ ރައްކާތެރިކަމާއެކު އިތުބާރު ހިފޭ މުޢާމަލާތްތައް ހިންގަން ފެށުން ހިމެނެއެވެ.