Ads by Aqeeqa Maldives

ޚަބަރު

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ވަޒީރު ޑރ. ޝަހީމް ނިންމަވައިފި

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ވަޒީރު ޑރ. ޝަހީމް ނިންމަވައިފި

ވަޒީރު ޑރ. ޝަހީމް/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

30 އޭޕްރީލު 2025، 07:23

30 އޭޕްރީލު 2025، 07:23

 އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިކަން ހިއްސާކުރައްވާފައިވަނީ، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި އަހަރުގެ ފަހުކޮޅު އަދާލަތު ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވެސް ވާދަކުރައްވަން ނިންމަވާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒިރު ޑރ. ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިިންމެވުމުން، އެ ޕާޓީގެ މެންބަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ވަޒީރު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަކީ، އަދާލާތު ޕާޓީ ކުރިއަށް އޮތް ތަނުގައި ހަރުދަނާކޮށް، އިތުރަށް ކުރިއެރުވުމަށް ލިބިގެންދާ ފުރުސަތެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުުރުން ވެސް، ގިނަ ބަޔަކު ގެންދަވަނީ ވަޒީރުގެ މި ނިންމުމާއި މެދު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އުފާ ފާޅުކުރަމުުންނެވެ.

ވަޒީރު ޑރ. ޝަހީމް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފައިވަނީ، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެތެރޭގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS