Ads by Aqeeqa Maldives

ޚަބަރު

ސިވިލް ސާރވިސްގެ ނައިބު ރައީސަކަށް މުޖުތާޒު އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ސިވިލް ސާރވިސްގެ ނައިބު ރައީސަކަށް މުޖުތާޒު އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

މުހައްމަދު މުޖުތާޒް، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޭޕްރީލު 2025، 04:31

30 އޭޕްރީލު 2025، 04:31

ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސަކަށް މުހައްމަދު މުޖުތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މުޖުތާޒްއަކީ ސީއެސްސީގެ މެންބަރުކަމަށް އެންމެ ފަހުން އައްޔަންކުރެއްވި ބޭފުޅާއެވެ. އެ ބޭފުޅާ ސީއެސްސީއަށް އައްޔަންކުރައްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. 

ސީއެސްސީގެ ނައިބު ރައީސްގެ މަޤާމަށް މުޖުތާޒް އައްޔަނު ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 64 މެންބަރަކު ބައިވެރިވެޑައިގެންނެވިއެވެ. އަދި އެ ހުރިހާ މެންބަރުންގެ އިއްތިފާގުން މުޖުތާޒްއަށް ވަނީ ރުހުންލިބިފައެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވީ އިބްރާޙިމް ރަޝީދުއެވެ. އަދި އެ މަޤާމު ހުސްވީ އެ ބޭފުޅާ އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި މުޖްތާޒަކީ އިބްރާހިމް ރަޝީދުގެ ބަދަލުގައި ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރެވެ.

މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS