ކުޅިވަރު

ޤައުމީ ވޮލީބޯޅަ މުބާރާތް: ޕޮލިހާއި ވެމްކޯއިން ފެށީ ވަރުގަދަކޮށް

ޤައުމީ ވޮލީބޯޅަ މުބާރާތް: ޕޮލިހާއި ވެމްކޯއިން ފެށީ ވަރުގަދަކޮށް

ޤައުމީ ވޮލީބޯޅަ މުބާރާތުގައި ފްލެކްސާރ އާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ވީއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޭޕްރީލު 2025، 09:19

30 އޭޕްރީލު 2025، 09:19

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީބޯޅަ މުބާރާތް 2025ގެ ފުރަތަމަ ދުވަހުގެ މެޗުތައް، ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކްލަބު އަދި ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެމްކޯއިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވެމްކޯއިން ނިކުތީ ފްލެކްސާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެމްކޯއެވެ. ވެމްކޯއިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-22، 25-17 އަދި 25-19 ޕޮއިންޓުންނެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރޭ ޕޮލިސް ކްލަބުން ނިކުތީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-22، 25-22 އަދި 25-16 ޕޮއިންޓުންނެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ޕޮލިހުން ނުކުންނާނީ ފްލެކްސާއާ ދެކޮޅަށެވެ. އަދި މިރޭ ވެމްކޯ އިން ނުކުންނާނީ ހުރާއާ ދެކޮޅަށެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް މި ފަހަރު މުބާރާތް ރޭވިފައިވާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖަގާ ލިބިގެންދާނެއެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS