ކުޅިވަރު

އައު ސްކޮޑަކާއެކު ނިއުރޭޑިއަންޓުން އެފްއޭއެމް ލީގު ކަޕަށް ތައްޔާރުވާން ފަށައިފި

އައު ސްކޮޑަކާއެކު ނިއުރޭޑިއަންޓުން އެފްއޭއެމް ލީގު ކަޕަށް ތައްޔާރުވާން ފަށައިފި

އެފްއޭއެމްގެ ލީގު ކަޕަށް ނިއު ރޭޑިއަންޓުގެ ފަރިތަކުރުންތައް ފެށުން ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 އޭޕްރީލު 2025، 10:06

29 އޭޕްރީލު 2025، 10:06

އައު ސްކޮޑަކާއެކު ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ލީގު ކަޕަށް ތައްޔާރުވުމަށްޓަކައި ފަރިތަކުރުންތައް ފަށައިފިއެވެ.

ރަސްމީކޮށް ކްލަބުގެ ފަރިތަކުރުންތައް ފެށުމަށް އިއްޔެ ހެންވޭރު ދަނޑުގައި އެ ކްލަބުން ވަނީ އަލަށް އެކުލަވާލި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި އަދި އޮފިޝަލުންނާ ބައްދަލުކޮށްފައެވެ. އެ ކްލަބުގެ ސްކޮޑްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ތަޖްރިބާ ހުރި އަދި މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕްގައި ފެނިގެން ދިޔަ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ.

އެ ކްލަބުން އިއްޔެ ފަރިތަކުރުންތައް ފެށިއިރު، ކްލަބުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު، އާދަމް އަބްދުއްލަތީފް (ލައްޗޭ)އެވެ. 

ލައްޗޭ ބުނީ ސްކޮޑާ މެދު އިތުބާރު އޮތް ކަމަށާއި، ތައްޔާރުވާން ކުޑަ ދުވަސްކޮޅެއް އޮތް ނަމަވެސް، މުބާރާތުން ރަގަޅު ނަތީޖާއެއް ހޯދޭނެކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ސަޕޯޓަރުންގެ ފަރާތުން އެދިފައި ވަނީ މެޗުތައް ބެލުމަށާއި ހެޔޮއެދޭފަރާތްތަކުން ކްލަބާއެކު މަސައްކަތްކޮށްދިނުމަށެވެ. 

ކްލަބުގެ ޗެއާރމަން އަހުމަދު މުބީން ބުނީ ، މިއީ ނިއުރޭޑިއަންޓު އަނބުރާ ފުރަތަމަ ޑިވިޝަނަށް ގެންދިއުމަށް ފެށި މަސައްކަތެއް ކަމަށާއި، އެ ކްލަބުގެ ސަޕޯޓަރުންނާއެކު ފުޓުބޯޅައިގެ ފޯރި ގެނެސް ސަޕޯޓަރުން ދަނޑަށް ވައްދާނެ ކަމަށެވެ. 

ނިއުރޭޑިއަންޓުގެ އާ މެނޭމަންޓުން މިސްރާބު ޖަހާފައިވަނީ އެކުލަބުގެ ދަރަނިތައް ހަލާސްކޮށް ކުރީގެ ނިއުރޭޑިއަންޓް އަލުން ދިވެހި ފުޓްބޯޅައިގެ ރަސްކަމަށް ގެނައުމަށެވެ. އަދި ސަޕޯޓަރުންގެ ފޯރި ފުޓްބޯޅައަށް ގެނެސް އަލުން ދިވެހި ފުޓްބޯޅަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަށް ހަދާ ކުރީގެ ފުޓްބޯޅަ ފޯރި އަލުން ގެނައުމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS