Ads by Aqeeqa Maldives

ޚަބަރު

ރާއްޖެއިން ބޭރު ޤައުމެއްގައި ފުރަތަމަ ފަހަރަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފި

ރާއްޖެއިން ބޭރު ޤައުމެއްގައި ފުރަތަމަ ފަހަރަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފި

ރާއްޖެއިން ބޭރު ޤައުމެއްގައި ފުރަތަމަ ފަހަރަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފެށުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2025، 08:40

28 އޭޕްރީލު 2025، 08:40

ރާއްޖެއިން ބޭރު ޤައުމެއްގައި ފުރަތަމަ ފަހަރަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ މެލޭޝިއާގައެވެ.

މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއިއެކު މިއަދު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ދެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، މިއަދު ވަނީ އައިޑީ ކާޑު އަދި ޕާސްޕޯޓު ދެ ފަރާތަކާއި ހަވާލުކޮށްފައެވެ. އައިޑީކާޑާއި ޕާސްޕޯޓު ހަވާލުކުރެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ޚިދުމަތް ފެށިގެން ދިިޔުމާއެކު، މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ވެގެންދާނެއެވެ. 

މެލޭޝިއާ ފިޔަވާ ރާއްޖެއިން ބޭރުގެ އެހެން ޤައުމުތަކަށް މި ޚިދުމަތް ފުޅާކޮށްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް މުހިންމު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ. އެގޮތުން، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް އައިޑީކާޑު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS