Ads by Aqeeqa Maldives

ޚަބަރު

ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގައްދޫ މީހަކު ހޯދަން އިޢުލާންކޮށްފި

ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގައްދޫ މީހަކު ހޯދަން އިޢުލާންކޮށްފި

ފުލުހުން ހޯދަމުންދާ އިބްރާޙިމް ނިޔާޒު ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޭޕްރީލު 2025، 09:35

28 އޭޕްރީލު 2025، 09:35

ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ގދ. ގައްދޫއަށް ނިސްބަތްވާ މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މި މީހާ ހޯދަމުން ދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް މިއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ހޯދާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ރަޖީނާގެ / ގދ.ގައްދޫ، އުމުރުން 36 އަހަރުގެ އިބްރާހީމް ނިޔާޒުއެވެ. 

ފުލުހުން އެދެނީ މީނާގެ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ. 

މި މީހާ ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓެއްގެ ތެރެއިން މިއަދު ހެނދުނު 6 ޖަހާކަށްހާއިރު އަންހެނަކު ހަޅޭލަވާތީ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ އަޑު އިވުނު އެޕާޓްމެންޓުގެ ދޮރު ހަލާކުކޮށްލާފައި ވަތްއިރު، އުމުރުން 21 އަހަރުގެ އަންހެނަކު ހޭނެތިފައި އޮތެވެ. އަދި ވަގުތުން އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

ނަމަވެސް މިއީ ހޯދަން އިޢުލާންކުރި މީހާއާއި ގުޅުން ހުރި މައްސަލައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS