ކުޅިވަރު

އެފްއޭއެމް ލީގު ކަޕް ބުރާސްފަތީގައި ފަށަނީ

އެފްއޭއެމް ލީގު ކަޕް ބުރާސްފަތީގައި ފަށަނީ

މާޒިޔާއިން މުލަކު ޓީމާއެކު މި މަހު ކުޅުނު އެކުވެރިކަމުގެ މެޗު، ފޮޓޯ: މާޒިޔާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޭޕްރީލު 2025، 09:21

28 އޭޕްރީލު 2025، 09:21

ފުޓުބޯޅަ ސީޒަން ފަސްކުރަން ޖެހުމުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވާ މުބާރާތް މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.

"އެފްއޭއެމް ލީގު ކަޕް" ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ 3 ކްލަބާއި ދެވަނަ ޑިވިޝަނުގެ 3 ކްލަބެވެ.

ފުރަތަމަ ޑިވިޝަނުން މުބާރާތުގައި ބައިވެރިވެފައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބާއި އަދި އޮޑި ސްޕޯޓްސް ކްލަބެވެ.

އަދި ދެވަނަ ޑިވިޝަނުން މުބާރާތުގައި ބައިވެރިވެފައި ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، މަހިބަދޫ ސްޕޯޓްސް އަދި ޖޭޖޭ ސްޕޯޓްސްއެވެ. 

މި މުބާރާތުގައި ވާދަކުރުމަށް ވިކްޓްރީއިން ކުރިން ނިންމި ނަމަވެސް، އެ ކްލަބުން ވަނީ އެ ނިންމުން ފަހުން ބަދަލުކޮށްފައެވެ. 

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ފީފާއިން ވަނީ 50،000 އެމެރިކާ ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފައެވެ. މި ފައިސާއަކީ މުބާރާތް ބޭއްވުމަށް ހޭދަވާނެކަމަށް އެފްއޭއެމްއިން ތައްޔާރުކުރި ބަޖެޓަށް ރިއާޔަތްކޮށް، ފީފާއިން ހަމަޖައްސައިދިން ފަންޑެއްކަމަށް "ފަރުދުން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި މުބާރާތް މެއި މަހުގެ 25 ހިސާބަށް ކުރިޔަށްދާނެކަމަށް އެފްއޭއެމްއިން މައުލޫމާތު ދެއެވެ. 

މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ޓީމު ވާދަވެރި މަރުހަލާތަކެއްގެ ތެރެއިން ނެގުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS