ކުޅިވަރު

ރޯމާ މެޗުން އިންޓަރ ބަލިވުމުން ނަޕޯލީއަށް ލީގުގެ އެއްވަނައިގައި ލީޑެއް

ރޯމާ މެޗުން އިންޓަރ ބަލިވުމުން ނަޕޯލީއަށް ލީގުގެ އެއްވަނައިގައި ލީޑެއް

ސްކޮޓް މެކްޓޮމިނޭ ވަނީ ޓޮރީނޯ ކޮޅަށް ދެ ގޯލު ކާމިޔާބުކޮށްފައި، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޭޕްރީލު 2025، 08:15

28 އޭޕްރީލު 2025، 08:15

މިދިޔަ ހަފްތާގައި ބޮލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަށްފަހު، މި ހަފްތާގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވުމުން، އިޓާލިއަން ސިރީ އޭގެ ބާކީ ހަތަރު މެޗު އޮއްވައި ނަޕޯލީއިން ލީގުގެ ކޮންޓްރޯލް ނަގައި އެއްވަނައަށް އަރައިފިއެވެ.

2023 ވަނަ އަހަރު އިޓަލީ ލީގު ކާމިޔާބުކުރި ނަޕޯލީއިން ވަނީ ރޭ ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގައި ނަޕޯލީގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ. 

މި ނަތީޖާއާއެކު ނަޕޯލީއަށް މިހާރު ވަނީ 74 ޕޮއިންޓު ލިބިފައެވެ. އަދި ދެވަނައިގައި އޮތް، ލީގުގެ ފަހުގެ ޗެމްޕިއަނުންނަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ. 

ނަޕޯލީއިން ރޭގެ މެޗުން ނެރުނު ނަތީޖާއާ ގުޅިގެން، އެއް ސީޒަނުގެ މެދުކެނޑުމަކަށްފަހު އެ ޓީމަށް ވަނީ މިއަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ޔަގީންވެފައެވެ. 

ރޭގެ މެޗުގައި ނަޕޯލީގެ ދެ ގޯލު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލު މެޗުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، އެ ޓީމުގެ ލީޑު ފުޅާކުރީ 41 ވަނަ މިނެޓުގައެވެ. މި ދެ ގޯލާއެކު، މިދިޔަ އޯގަސްޓު މަހު މެންޗެސްޓަރ ޔުނައިޓެޑުން ބަދަލުވި މެކްޓޮމިނޭ ވަނީ މިހާރު ލީގުގައި 11 ގޯލު ކާމިޔާބުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS