Ads by Aqeeqa Maldives

ޚަބަރު

ސްޓެލްކޯގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސްޓެލްކޯގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސްޓެލްކޯގެ އިންޖީނު ރޫމްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފަޔާރ ފައިޓަރުން ހަރަކާތްތެރި ވަނީ، ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޭޕްރީލު 2025، 07:10

28 އޭޕްރީލު 2025، 07:10

މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔާރ އެންޑް ރެސްކިއު ސާރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ އިންޖީނު ރޫމުގައި ހުރި މައި އިންޖީނެއްގެ ދުންހޮޅީގައެވެ. 

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއު ސާރވިސަސްއަށް ލިބުނީ މިއަދުގެ ހެނދުނު 6:19 ހާއިރުކަމަށް އެ ޚިދުމަތުން ހާމަކުރެއެވެ. އެގޮތުން އެ ޚިދުމަތުގެ ފަޔާރ ފައިޓަރުން ވަގުތުން ވަނީ އެ ހާދިސާ ހިނގި ސަރަޙައްދަށް ގޮސްފައެވެ.

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، އަލިފާން ގަނޑު މާބޮޑަށް ރޯ ނުވަނީސް ފަޔާރ ފައިޓަރުން ހަރަކާތްތެރިވެ ދުންހޮޅީގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އެގޮތުން އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 6:30 ހާއިރުކަމަށް ވެއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS