ކުޅިވަރު

ވެމްކޯ ބަލިކޮށް ވޮލީ ލީގު ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފި

ވެމްކޯ ބަލިކޮށް ވޮލީ ލީގު ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފި

ޕޮލިސް ކްލަބުން ޤައުމީ ލީގުގެ ތަށި އުފުލާލުން، ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޭޕްރީލު 2025، 06:56

28 އޭޕްރީލު 2025، 06:56

ޤައުމީ ވޮލީ ލީގު 2025 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދައިފިއެވެ. ޕޮލިސް ކްލަބުން ޗެމްޕިއަންކަން ހޯދީ، ރޭ ކުޅުނު ފަހު މެޗުގައި 3-2 ސެޓުން ވެމްކޯ ބަލިކުރުމަށްފަހުއެވެ.

ރޭގެ މެޗަށް ނިކުތްއިރު ވެމްކޯއިން ލީގު ކާމިޔާބުކުރުމަށްޓަކައި ފަސް ސެޓަށް ނުގޮސް މެޗު ކާމިޔާބުކުރަން ޖެހެއެވެ. ނަމަވެސް ޕޮލިސް ކްލަބުން ވަނީ ފުރަތަމަ ދެ ސެޓުން ލީގު ޔަޤީންކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓު ވެމްކޯއަށް ގެއްލުނީ ވަރަށް ހިތްދަތިކޮށެވެ. އެ ޓީމު ލީޑުގައި އޮވެ ސެޓް ޕޮއިންޓަށް ދިޔަތަނާ، ޕޮލިސް ކްލަބުން ޖެހިޖެހިގެން 6 ޕޮއިންޓު ހޯދުމަށްފަހު 26-24 ޕޮއިންޓުން އެ ސެޓު ގެންދިޔައެވެ. އަދި ޕޮލިސް ކްލަބުން ވަނީ ދެވަނަ ސެޓުން ފަށައިގެން ނެގި ލީޑު ގެއްލުވާ ނުލާ 25-17 ޕޮއިންޓުން އެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ.

ލީގު ޔަޤީންވުމާ އެކު ޕޮލިސް ކްލަބުގެ ކުޅުމަށް ބަދަލުތަކެއް އައެވެ. އެގޮތުން ޖެހިގެން އައި ދެ ސެޓު، 25-19 އަދި 25-23 ޕޮއިންޓުން ވެމްކޯ ކާމިޔާބުކުރިއެވެ.

ނަމަވެސް މޮޅަކާއެކު ލީގު ނިންމާލުމަށް، ފަހު ސެޓުގައި ގަދަޔަށް މަސައްކަތްކޮށް 15-5 ޕޮއިންޓުން ޕޮލިސް ކްލަބް ކާމިޔާބުކުރިއެވެ.

ލީގުގެ ފަހު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ބިދޭސީ ކުޅުންތެރިއާ ސޮފިއާ ގްރެކާއެވެ.

ވޮލީ ލީގުގެ އިންޑިވިޖުއަލް މަޤާމުތައް ހޯދި ކުޅުންތެރިން:

  • އެންމެ މޮޅު ދެ އައުޓްސައިޑް އެޓޭކަރުން: ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާ އަދި ކްލަބް ވެމްކޯގެ އައިޝަތު މާޖިދާ 
  • އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރ: ފްލެކްސަރ ސްޕޯޓްސް ކްލަބްގެ ފާތިމަތު ސަމްހާ 
  • އެންމެ މޮޅު ދެ މިޑިލް ބްލޮކަރ: ޕޮލިސް ކްލަބްގެ މަރިޔަމް އަޒުމާ އަދި ކްލަބް ވެމްކޯގެ ނަރޭމާ އިދްރީސް
  • އެންމެ މޮޅު ސެޓަރު: ކްލަބް ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު 
  • އެންމެ މޮޅު ލިބެރޯ: ކްލަބް ވެމްކޯގެ ނުހާ ވަހީދު
  • އެންމެ އުންމީދީ ކުޅުންތެރިޔާ: ހުރާ ކޮމިއުނިޓީ ކްލަބްގެ މަރިޔަމް ރިޝްފާ
  • އެންމެ މޮޅު ކޯޗު: ޕޮލިސް ކްލަބްގެ ކޯޗު މުނާ މުނީރު 
  • އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ޕޮލިސް ކްލަބްގެ ގްރެޒެލޭ ރެބެރޯ ޑި ސޫޒާ 
  • މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާ

މި ލިޔުން ކިޔާލުމުން

Ads by MSS