Ads by Aqeeqa Maldives

ޚަބަރު

މިރެއަށް ތާވަލުކޮށްފައި އޮތް "އަހާ" ފޯރަމް ފަސްކޮށްފި

މިރެއަށް ތާވަލުކޮށްފައި އޮތް "އަހާ" ފޯރަމް ފަސްކޮށްފި

އަހާ ފޯރަމްގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

26 އޭޕްރީލު 2025، 03:04

26 އޭޕްރީލު 2025، 03:04

މިރެއަށް ތާވަލުކޮށްފައި އޮތް "އަހާ" ފޯރަމް އަންނަ މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. 

މި ފޯރަމަކީ އާންމުން ބޭނުންވާ ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިޔަށްގެންދާ ފޯރަމްތަކެކެވެ. 

މިރޭ ބާއްވަން ތާވަލުކޮށްފައި އޮތް "އަހާ"ގެ 5 ވަނަ ފޯރަމްގައި ފަސް ވަޒީރަކު ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ:

  • ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު - ޢަލީ އިޙްސާން
  • ބަންޑާރަ ނައިބު - އަލްއުސްތާޛު އަޙްމަދު އުޝާމް
  • ތަޢުލީމީ ވަޒީރު - ޑރ. އިސްމާޢީލް ޝަފީޢު
  • ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު - އާދަމް ނަޞީރު އިބްރާހީމް
  • ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު - ޑރ. މަރްޔަމް މާރިޔާ

މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންނާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް، އަދި ސޯޝަލް މީޑިއާ މެދިވެރިކޮށް ވެސް ސުވާލު ހުށެހެޅެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS