Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ ތަޙުޤީޤުތަކުގެ މަޢުލޫމާތު ތެދުވެރިކަމާއެކު ވަގުތުން ރައްޔިތުންނަށް ހާމަކޮށްދެއްވާ:ރައީސް މުޢިއްޒު

ފުލުހުންގެ ތަޙުޤީޤުތަކުގެ މަޢުލޫމާތު ތެދުވެރިކަމާއެކު ވަގުތުން ރައްޔިތުންނަށް ހާމަކޮށްދެއްވާ:ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 10:36

24 އޭޕްރީލު 2025، 10:36

ފުލުހުން ތަޙުޤީޤު ކުރާ ކޮންމެ މައްސަލައެއްގައި ރައްޔިތުންނަށް އޭގެ ފުރިހަމަ މަޢުލޫމާތު ތަޚްގީގު ފެށޭ ވަގުތުން ފެށިގެން ހިއްސާ ކުރެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

ރައީސް މުޢިއްޒު މިފަދައިން އެދިވަޑައިގެންފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުނު ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ފުލުހުން ކުރާ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތެއްގައި އަދި ވީހާވެސް އަވަހަށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

މަޢުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު. މުއައްސަސާއަށް އިތުބާރު ހޯދުމަށް ރައްޔިތުންނާ ގާތްވާން ޖެހޭ. އެކަން ކުރެވޭނީ މަޢުލޫމާތު ފޯރުކޮށްދީގެން  

ރައީސް

ރައީސް އެދިވަޑައިގަތީ މައްސަލައެއް ބަލަން ފެށުމާއެކު ވަގުތުން އެކަން ހާމަކޮށް ދިނުމަށެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުން ފުލުހުންގެ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

އަޅުގަނޑު ދެކެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި ވިޔަސް ފުރަތަމަ ވެސް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކުރުމަށް ޕްރޮސީޖާ ބަދަލު ކުރަން އަޅުގަނޑު އެދެން

ރައީސް

ތެދު މަޢުލޫމާތު އަވަހަށް ފޯރުކޮށް ދިނުމަކީ ސިޔާސީ ބޭނުމަށް ދޮގު ފަތުރާ އަދި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ މީހުންނަށް އެޅޭ ހުރަހަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުން ރައްޔިތުންނަށް ދޮގު ނުހަދާނެ ކަމަށާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ފުލުހުންގެ މުއައްސަސާގެ ފަރާތުން ފެށިގެން ދާނީ ތެދުވެރި، އަމާނާތްތެރި، އިޚްލާސްތެރި ޚިދުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ޚިދުމަތުގެ އަގު ވައްޓާލަން ކުރާ މަސައްކަތަށް އެއްވެސް ރައްޔިތަކު ފުރުސަތު ނުދިނުމަށް ވެސް ރައީސް މުޢިއްޒު އިލްތިމާސް ކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS