Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ސިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެ

ރާއްޖޭގެ އިޤްތިޞާދީ ސިނާޢަތްތައް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 08:10

24 އޭޕްރީލު 2025، 08:10

ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ސިނާޢަތްތައް ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލައި، އެ ސިނާޢަތްތަކަށް ކުރިއެރުން ގެނެސްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށުނު "ބިލްޑް އެކްސްޕޯ 2023" ގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެކްސްޕޯއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްއިން އިންތިޒާމްކޮށްގެން ބާއްވާ، އިމާރާތްކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި އުފެއްދުންތަކުގެ މަޢުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ އެކްސްޕޯއެކެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން އައު ސިޔާސަތެއް އެކުލަވާލަން ޖެހެއެވެ. މި ސިޔާސަތުގެ ދަށުން ބޭރު މީހުންނަށް ރާއްޖޭގައި ކުރެވޭނެ ވިޔަފާރިތަކާއި ހަމައެކަނި ދިވެހިންނަށް ކުރެވޭނެ ވިޔަފާރިތައް ވަކިން ކަނޑައަޅަން ޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާފަދަ ޕޮލިސީތަކެއް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ. އިޤްތިޞާދީ ހަރަކާތެއްގެ ގޮތުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަށް ގެންދިއުމަށް  

ވަޒީރު ސަޢީދު

މިއަހަރުގެ ބިލްޑް އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ޗައިނާގެ ކުންފުނިތައްވެސް ހިމެނެއެވެ. 4 ދުވަހަށް ކުރިއަށްދާ މި އެކްސްޕޯ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާލެވިފައި ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS