Ads by Aqeeqa Maldives

ޚަބަރު

ޔުމްނު ވެއްޓުނު މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށް، 7 މީހެއްގެ ފޯނު ހިފަހައްޓައިފި

ޔުމްނު ވެއްޓުނު މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށް، 7 މީހެއްގެ ފޯނު ހިފަހައްޓައިފި

ޔުމްނު ވެއްޓުނު ޕާޓީ އަށް ދިޔަ ހުރިހާ ކުދިން ފޮޓޯ: ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 07:38

24 އޭޕްރީލު 2025، 07:38

ހ. މިޓާޒް ގޭގެ ފުރާޅުމަތިން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ގ. އެރިއަދޫ، ރައުދު އަޙްމަދު ޒިލާލް (21 އަހަރު) މިއަދު ހަވީރު 6:20 ގައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިތުރު ތަޙްޤީޤުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 18 އޭޕްރިލް 2025 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ރައުދު އަޙްމަދު ޒިލާލްގެ އިތުރުން، އޭނާއާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 7 މީހެއްގެ ފޯނު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ. 

އަދި މި މައްސަލައާ ގުޅިގެން މާންދޫގެ ދެކުނުގެ ޓެރަސްއާއި 2 ވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަޝިވެލި 3 ވަނަ ފަންގިފިލާ ވަނީ ބަލައި ފާސްކޮށްފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS