Ads by Aqeeqa Maldives

ޚަބަރު

ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކުރުން މުހިންމު:ރައީސް މުޢިއްޒު

ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކުރުން މުހިންމު:ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އޮމްދޫއަށް ކުރެއްވި ދަތުރުފުޅޫގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 03:39

24 އޭޕްރީލު 2025، 03:39

ޓެކްނޮލޮޖީ ދާއިރާގައި އަންހެން ކުދިންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު  ގޮވާލައްވައިފިއެވެ. މިއަދު ފާހަގަކުރެވޭ "ގާލްސް އިން އައިސީޓީ ޑޭ" އާ ގުޅިގެން ރައީސް މުޢިއްޒު އެކްސް  ގައި ކުރެއްވި ޕޯސްޓެއްގައި މިކަން ފާހަގަކުރައްވާފައިވެއެވެ.



ރައީސް މުޢިއްޒުގެ ޕޯސްޓުގައި، ޓެކްނޮލޮޖީ ދާއިރާގައި ޒުވާން އަންހެނުންގެ ޤާބިލުކަން ފާހަގަކުރައްވައި، ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިނޮވޭޝަނާއި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން ޤައުމު ކުރިއަށް ގެންދިއުމުގައި އަންހެން ކުދިން ބާރުވެރިކުރުވުމަށް ގޮވާލައްވާފައިވެއެވެ.

އަންހެން ކުދިންގެ ތަޢުލީމާއި ބާރުވެރިކަރިކަމަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް 

ރައީސް މުޢިއްޒު

އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުން ގެންދެއެވެ.
 
މީގެ އިތުރުން، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިގްތިސާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ކަށަވަރުކުރުމަށް ރައީސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS