ދުނިޔެ

މިނިއަން ކަލެކްޝަން އެއް ހަދައިގެން އޮސްޓްރޭލިޔާގެ އަންހެނަކު ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި

މިނިއަން ކަލެކްޝަން އެއް ހަދައިގެން އޮސްޓްރޭލިޔާގެ އަންހެނަކު ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި

ލިސްލްގެ ގޭގެ ކޮޓަރިއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2025، 10:10

23 އޭޕްރީލު 2025، 10:10

ހުލާސާ


މިނިއަން ކަލެކްޝަން އެއް ހަދައިގެން އޮސްޓްރޭލިޔާގެ އަންހެނަކު ދުނިޔޭގެ ރިކޮޑް ފޮތުން ޖާގަ ހޯދައިފިއެވެ. 

އޮސްޓްރޭލިއާގެ އަންހެނަކު ގިނިސް ވޯލްޑް ރެކޯޑެއް ހޯދީ އޭނާގެ 1،035 މިނިއަންސް ކަލެކްޝަނަކުންނެވެ. އޭނާ އެއްކޮށްފައިވަނީ ޑެސްޕިކަބަލް މީ ފްރެންޗައިޒްގެ ކުދިކުދި ރީނދޫ ކުލައިގެ މިނިއަންސްއެެވެ.

ހުޅަނގު އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ލިސްލް ބެނެކް ބުނީ ފުރަތަމަ ޑެސްޕިކަބަލް މީ ފިލްމު ބަލަން ހުއްޓާ މިނިއަންސް ކަމުދިޔަ ކަމަށާއި މީގެ 15 ވަރަކަށް އަހަރު ކުރިން މިނިއަންސް އެއްކުރަން ފެށި ކަމަށެވެ.

"އަހަރެން ހަނދާންވޭ ކިއުޓް، ކުދިކުދި ހެންޗްމަންސްތައް ފެނި ވަރަށް ގަދަޔަށް ހީހެދި ހަނދާން، ހަމަ ޔަގީނުން ވެސް އަހަރެންގެ ހިތުން ވަރަށް ބޮޑު ޖާގައެއް ހޯދި” ގިނިސް ވޯލްޑް ރެކޯޑްސް އަށް ދިން އިންޓަވިއުއެއްގައި ލިސްލް ބުންޏެވެ.

އޭނާ ބުނެފައިވަނީ އޭނާއަކީ އޭނާގެ ހިތުން އަދިވެސް ކުޑަކުއްޖެއް ކަމަށެވެ. ދާކޮންމެ ތާކުންވެސް މިނިއަންސް އަށް ފާރަވެރި ހޯދަމުން އައިކަމަށް ލިސްލް ބުނެފައިވެއެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާ އަކީ މިހާރު މިނިއަންސް ކަލެކްޝަންގެ އެންމެ ބޮޑު ކަލެކްޝަންގެ ރެކޯޑް ހޯލްޑަރެވެ.

"އަހަރެންގެ އަންހެން ދަރިފުޅު ބުނަނީ ހަމައެކަނި އަހަރެންގެ މިނިއަންސް ރައްކާކުރުމަށް އެހެން ގެއެއް ބޭނުންވާ ކަމަށް، އެކަމަކު މިނިއަންސްގެ ރީތ ހިނިތުންވުންތަކުގެ ވަށައިގެން އުޅެން އަހަރެން ވަރަށް ލޯބިކުރަން” ލިސްލް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އޭނާގެ ގޭގެ ހުރިހާ ކޮޓަރިއެއްގައި އަދި ކޮންމެ ފާރެއްގައިވެސް މިނިއަންސް ފެންނަން ހުންނާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS