ކުޅިވަރު

ރީޖަނަލް ލީގުތަކެއް ކުޅެގެން ޕްރިމިއާރ ލީގަށް ކޮލިފައިވާ ގޮތަށް ހަދަނީ

ރީޖަނަލް ލީގުތަކެއް ކުޅެގެން ޕްރިމިއާރ ލީގަށް ކޮލިފައިވާ ގޮތަށް ހަދަނީ

ގޯލްޑް ކަޕްގައި ފުވައްމުލަކު ޓީމުން ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޭޕްރީލު 2025، 08:59

23 އޭޕްރީލު 2025، 08:59

ރީޖަނަލް ލީގުތަކެއް ހަތަރު ސަރަޙައްދެއްގައި ކުޅެގެން ދިވެހި ޕްރިމިއާރ ލީގަށް ކޮލިފައިވާ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. 

އެގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް އަދި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އިސްކޮށް ހުންނަވައި ލީގު ސިސްޓަމަށް ގެންނަން ޖެހޭ މި އިސްލާހުތައް މިހާރު ވަނީ އެ އެސޯސިއޭޝަނަށް ހުށަހަޅާފައެވެ. އަދި އަންނަ މަހު އޮންނަ ކޮންގްރެސްގައި އިސްލާހުތައް ފާސްވެއްޖެނަމަ، ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް ލާމަރުކަޒީކޮށް ފުޓްބޯޅަ ހިންގަން ފުރުސަތު ލިބޭނެއެވެ.

މި އިސްލާހުތައް އެފްއޭއެމްއަށް ހުށަހެޅީ ޓީސީ ސްޕޯޓްސް ކްލަބުން، 10 ކްލަބުގެ ތާއިދާއެކުއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަނުން މަހިބަދޫ އާއި ޖޭޖޭ ސްޕޯޓްސް، އަދި ޓެންޓް ސްޕޯޓްސް ހިމެނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިއީ ފީފާއިން ވެސް ބޭނުންވާ ގޮތެވެ. އަދި މިއީ ހީނަރުވެފައިވާ ދިވެހި ފުޓުބޯޅަ ކޮޅަށް ޖެހުމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއްކަން ގިނަ މީހުން ފާހަގަކުރެއެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ޓީސީ ސްޕޯޓްސް ކްލަބުން މި ހުށަހެޅި އިސްލާހުތައް ފާސްވެއްޖެނަމަ، މިހާރުގެ އެފްއޭއެމްގެ އިދާރާ ބަދަލު ވާނީ ޤައުމީ ފުޓުބޯޅަ ފެޑެރޭޝަނަށެވެ. އަދި ރީޖަނަލް އެސޯސިއޭޝަންތައް މަސައްކަތް ކުރާނީ ޤައުމީ ފެޑެރޭޝަނުގެ ދަށުންނެވެ.

އިސްލާހުގައި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލުމަށް ހުށަހަޅާފައިވާއިރު، އަތޮޅުތައް ރީޖަންތަކަށް ބަހާލާނީ ތިރީގައިވާ ގޮތަށެވެ. 

  • ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)
  • ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)
  • މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)
  • ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ)

މީގެ އިތުރުން، މި ބަދަލާއެކު ހަތަރު ރީޖަންގެ ކްލަބުތަކަށް ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ ވޯޓްލުމުގެ ހައްގު ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ރީޖަނަކަށް 11 ވޯޓު ލިބޭނެކަމަށް ޓޮމް ވަނީ ވިދާޅުވެފައެވެ.

މި އިސްލާހުތައް ފާސްވެއްޖެ ނަމަ އެއް އަހަރުގެ ތެރޭގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދައި، ދެ އަހަރުގެ ތެރޭގައި ރީޖަނަލް ލީގު ފަށާއި، އެ ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ކްލަބްތައް ޕްރޮމޯޓްވެ، ރެލިގޭޓްވާ އުސޫލުން ފުޓްބޯޅަ ސިސްޓަމް އަލުން އެކުލަވާލަން ޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS