Ads by Aqeeqa Maldives

ޚަބަރު

"ކަނެކްޝަންތަކުން" ވަޒީފާ ހޯދުމާއި ކަންކަން ކުރުން އެއީ ދިވެހިންގެ ތެރޭގައި އޮތް ގޯސް އާދައެއް: ރައީސް މުޢިއްޒު

"ކަނެކްޝަންތަކުން" ވަޒީފާ ހޯދުމާއި ކަންކަން ކުރުން އެއީ ދިވެހިންގެ ތެރޭގައި އޮތް ގޯސް އާދައެއް: ރައީސް މުޢިއްޒު

ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން" ގެ ފުރަތަމަ އެޕިސޯޑް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 08:17

23 އޭޕްރީލު 2025، 08:17

"ކަނެކްޝަންތަކުން" ވަޒީފާ ހޯދުމާއި ކަންކަން ކުރުން އެއީ ދިވެހިންގެ ތެރޭގައި އޮތް ގޯސް އާދައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިއްޔެ އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން" ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މި ވާހަކަ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަޒީފާއެއް ހޯދަން ޑިމާންޑް ކުރަން ވާނީ އެވަޒީފާއެއްގެ ޝަރުތު ހަމަވާ އަދި އެވަޒީފާއެއް އަދާކުރުމުގެ ގާބިލްކަން ވެސް ހުރެގެން ކަމަށެވެ. އަދި މިއީ އިއްޔެއަކު ނުވަތަ މިއަދަކު ފެށުނު ކަމެއް ނޫން ކަމަށާއި މާކުރިން ވެސް އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކަންކަން އޮންނަނީ މިހެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުންވެސް ވަޒީފާތައް ދީފައި ހުރި މީހުންގެ ތެރޭގަ ވަރަށް ގިނަވާނެ އެކި ދާއިރާތަކުން ކިޔާފައި ތިބި ޒުވާނުންވެސް އަދި އެކި އުމުރުގެ މީހުންވެސް. ތިއީ ވެސް ޙަޤީޤީ ވާހަކައެއް މިއީ ހަގީގީ މައްސަލައެއް

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ ކުރި މަސައްކަތައް ރަނގަޅު ބަދަލެއް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ޝަރުތު ހަމަނުވާ މީހާއަށް އެ މަގާމު ދޭން ޑިމާންޑްކޮށްގެން ނުވާނެ ކަމަށެވެ. އަދި އެންމެ މޮޅު ކުއްޖާއަށް ވަޒީފާ ލިބުމަށް ތާއީދު ކުރައްވާ ކަމަށާއި، މިކަމަށް މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށްވުމީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަޞައްވުރު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާވެސް އޮތުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އުންމީދު ކަމުގައި ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS