Ads by Aqeeqa Maldives

ޚަބަރު

ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް

ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް

ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމިފަ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 07:46

23 އޭޕްރީލު 2025، 07:46

މާލެ އަތޮޅު ތުލުސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމަކަށް އައިސްފިއެވެ. މި މަޝްރޫޢަކީ އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

ކ. ތުލުސްދޫއަކީ 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ، މާލޭ ސަރަޙައްދުގައި ލޯކަލް ޓޫރިޒަމް އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ އެއްރަށެވެ. ނަމަވެސް، ރަށްގިރުމުގެ މައްސަލައިގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ރީތިކަން ގެއްލި، ފަތުރުވެރިކަމަށްވެސް ނޭދެވޭ އަސަރު ކުރަމުން ދިޔައެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި، އެރަށުގެ އިރުމަތީ ފަރާތުގެ ބޮޑުބައެއް ގިރާލާފައިވެއެވެ. އަދި އެކަމުގެ ސަބަބުން އެސަރަޙައްދުގައި ހުރި ދުވަސްވެފައިވާ ބައެއް ގަސްތައްވެސް ނެތިގެން ގޮސްފައިވެއެވެ. ނަމަވެސް، ގިރާ ސަރަހައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކު މިހާރު އެ ސަރަހައްދު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.



މި މަޝްރޫޢުގެ ދަށުން ތުލުސްދޫގެ އިރުމަތީ ފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 70 މީޓަރުގެ ބޮޑުހިލައިގެ 6 ބްރޭކްވޯޓަރާއި 50 މީޓަރުގެ ބޮޑުހިލައިގެ 2 ވައި-ގްރޮއިން ޖަހާފައިވެއެވެ. މީގެ އިތުރުން، 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއްވެސް ޖަހާފައިވެއެވެ. މި މަޝްރޫޢަށް ސަށް ސަރުކާރުން 36.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި ގޮތުގައި، މިއީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS