ކުޅިވަރު

އޮލިމްޕިކްސް ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އޮލިމްޕިކްސް ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2022 ވަނަ އަހަރު ބޭއްވި އެމްއޯސީގެ އެނުއަލް ޖެނެރަލް އެސެމްބްލީ، ފޮޓޯ: މޯލްޑިވްސް އޮލިމްޕިކްސް ކޮމެޓީ

farudhun logo

ފަރުދުން

23 އޭޕްރީލު 2025، 08:39

23 އޭޕްރީލު 2025، 08:39

މޯލްޑިވްސް އޮލިމްޕިކްސް ކޮމެޓީ (އެމްއޯސީ)ގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. 

އެ ކޮމެޓީގެ ހިންގާ ކޮމެޓީގައި 13 މެންބަރަކު ހިމެނެއެވެ. އަދި ކުރިޔަށް އޮތް އިންތިހާބުގައި މި ހުރިހާ މަޤާމުތަކަކަށް މެންބަރުން އައްޔަނުކުރާނެއެވެ.

އެ ކޮމެޓީގައި ހިމެނެނީ ރައީސް އާއި، ނައިބު ރައީސް އާއި، ހަ އޮލިމްޕިކް ސްޕޯޓްސް ރެޕްރެޒެންޓޭޓިވް އާއި، ދެ ނޮން-އޮލިމްޕިކް ސްޕޯޓްސް ރެޕްރެޒެންޓޭޓިވް އަދި ދެ އަންހެން މެންބަރުންނެވެ. މި މަޤާމުތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މެއި މަހުގެ 7 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްއޯސީގެ ހިންގާ ކޮމެޓީ އެންމެ ފަހުން އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުއެވެ. އެ ފަހަރު އެމްއޯސީގެ ރައީސަކަށް އިންތިހާބުވީ 11 ވޯޓާއެކު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)އެވެ. ދެ ކެނޑިޑޭޓަކު ވާދަކުރި އެ އިންތިހާބުގައި 18 ފަރާތަކުން ވޯޓުލާފައިވެއެވެ. 

އެމްއޯސީގެ ހިންގާ ކޮމިޓީގެ ދައުރަކީ ހަތަރު އަހަރެވެ. އައު އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ބާއްވާ އެމްއޯސީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS