ކުޅިވަރު

އިތުރު ވަގުތު ނުނޭޒް ކާމިޔާބުކުރި ގޯލާއެކު ވިލާ ބަލިކޮށް ސިޓީ ތިންވަނައަށް

އިތުރު ވަގުތު ނުނޭޒް ކާމިޔާބުކުރި ގޯލާއެކު ވިލާ ބަލިކޮށް ސިޓީ ތިންވަނައަށް

މެތިއުޒް ނުނޭޒް އެސްޓަން ވިލާގެ ގޯލަށް ބޯޅަ ފޮނުވާލަނީ، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޭޕްރީލު 2025، 08:24

23 އޭޕްރީލު 2025، 08:24

މެޗުގެ އިތުރު ވަގުތުގައި މެތިއުޒް ނުނޭޒް ކާމިޔާބުކުރި ގޯލާއެކު މެންޗެސްޓަރ ސިޓީއިން އެސްޓަން ވިލާ ބަލިކޮށް، އިންގްލިޝް ޕްރިމިއަރ ލީގުގެ ތިން ވަނައަށް އަރައިފިއެވެ. 

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނުނޭޒް ކާމިޔާބުކުރި ގޯލަކީ 1-1 އިން މެޗު ނިމެންދަނިކޮށް އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ. 

މެޗުގައި ފުރަތަމަ ލީޑު ނެގީ ސިޓީއިންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި، ވާތް ފަރާތުން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަނުމަށްފަހު އުމަރު މަރްމޯޝް ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލީ ބަނާޑޯ ސިލްވާއެވެ. 

ނަމަވެސް އޭގެ މާގިނައިރުތަކެއް ނުވަނީސް ވިލާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެކޮބް ރަމްސީއަށް ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކުރީ މާކަސް ރަޝްފޯޑެވެ. 

ސިޓީއަށް ލީގު ތަށި ދިފާއު ނުކުރެވުނަސް، އެ ޓީމުން އެންމެ ކުޑަމިނުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި ހިތްހަމަ ޖެހުމެއް ލިބުނީ އިތުރު ވަގުތު ކާމިޔާބުކުރެވުނު ގޯލުންނެވެ. ޖެރެމީ ޑޮކޫގެ ބުރަ މަސައްކަތުން ވިލާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބޭރު ފައިން ގޯލު އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ، އެ ބޯޅަ ބްލޮކް ކުރަން ދުވި ޑިފެންޑަރުންގެ މަތިން ހިއްލާލުމަށްފަހު ނުނޭޒްއެވެ.

އިތުރު ވަގުތު ސިޓީއިން މި ކާމިޔާބުކުރި ގޯލުގެ މުހިންމުކަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މޫނުފަތިން ވެސް ފެނުނެވެ. 

މި ނަތީޖާއާއެކު ސިޓީއިން ލީގުގެ ތިން ވަނައިގައި އޮތް ނަމަވެސް، އެއް މެޗުގެ އެޑްވާންޓޭޖެއް އޮތް ނޮޓިންހަމް ފޮރެސްޓާއި ނިއުކާސްލް ޔުނައިޓެޑު މޮޅުވެއްޖެނަމަ، އެ ދެ ޓީމުގެ ފަހަތަށް ސިޓީ ވެއްޓޭނެއެވެ. އަދި ވިލާ އޮތީ މިވަގުތު 57 ޕޮއިންޓާއެކު ލީގުގެ 7 ވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS