ކުޅިވަރު

އެފްއޭއެމްގެ ވާދަވެރި މުބާރާތަށް 50،000 ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފި

އެފްއޭއެމްގެ ވާދަވެރި މުބާރާތަށް 50،000 ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފި

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް، ފޮޓޯ: ފަޔާޒް މޫސާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 07:58

21 އޭޕްރީލު 2025، 07:58

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ވާދަވެރި މުބާރާތަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން 50،000 އެމެރިކާ ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.

މި ފައިސާއަކީ މުބާރާތް ބޭއްވުމަށް ހޭދަވާނެކަމަށް އެފްއޭއެމްއިން ތައްޔާރުކުރި ބަޖެޓަށް ރިއާޔަތްކޮށް، ފީފާއިން ހަމަޖައްސައިދިން ފަންޑެއްކަމަށް "ފަރުދުން" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ބަޖެޓުގެ ޙުއްދަ ލިބިފައިވީނަމަވެސް، މި ފައިސާ ދޫކުރާނީ އެ މުބާރާތް ބޭއްވޭ ގޮތް ވެއްޖެނަމައެވެ. އަދި މި ފައިސާ ޚަރަދު ކުރެވޭނެ ދާއިރާތައް ވެސް ފީފާއިން ކަނޑައަޅާފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެގޮތުން އެ ފައިސާ ޚަރަދު ކުރެވޭނީ، މުބާރާތުގައި ފައިސާގެ އިނާމު ހުށަހެޅުމަށާއި، މުބާރާތުގެ އެހެނިހެން އިދާރީ އަދި ލޮޖިސްޓިކް ބޭނުންތަކަށް އެކަނިކަމަށް ވެސް "ފަރުދުން" އަށް ވަނީ މަޢުލޫމާތުލިބިފައެވެ.

މީގެ އިތުރުން، މި ފައިސާ ޚަރަދުކުރަން ޖެހެނީ، އެފްއޭއެމްގެ މާލީ މުއާމަލާތްތަކުގެ އޮޑިޓަރަކަށް ފީފާއިން ހަމަޖައްސާފައިވާ ކުންފުނި "އެންކޫރާ" ގެ ޙުއްދަ ހޯދައިގެންނެވެ. އެ ނޫން ގޮތަކަށް މި ފައިސާ ޚަރަދު ނުކުރެވޭނެކަމަށް ފީފާއިން ވަނީ އަންގާފައެވެ.

އެފްއޭއެމްއިން މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ މުބާރާތުގައި މިހާތަނަށް 4 ކްލަބަކުން ބައިވެރިވެފައިވެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމްއިން އިތުރު ވާދަވެރި މުބާރާތެއް ބޭއްވުމަށް ނިންމީ ޖޫން/ޖުލައި މަހު ގައުމީ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނާ އެކު، ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްވާތީ ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދުމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS