Ads by Aqeeqa Maldives

ޚަބަރު

މެޑަމް ސާޖިދާގެ ފަރާތުން ހުށަހެޅީ މަދަނީ މައްސަލައެއް، ޖިނާއީ މައްސަލައެއް ނޫން: ލީގަލް ޓީމް

މެޑަމް ސާޖިދާގެ ފަރާތުން ހުށަހެޅީ މަދަނީ މައްސަލައެއް، ޖިނާއީ މައްސަލައެއް ނޫން: ލީގަލް ޓީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 12:36

21 އޭޕްރީލު 2025، 12:36

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތުން ހުށަހެޅީ މަދަނީ މައްސަލައެއްކަމަށާއި، މި ކަމުގައި ޖިނާއީ ތަޙުޤީޤެއް ނުހިނގާކަމުގައި، އެ ކަމަނާގެ ފަރާތުން ފެމިލީ ކޯޓާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ގެންދަވާ ރެހެންދި ޗެމްބާރސްގެ ފަރާތުން ހާމަކޮށްފިއެވެ. 

ރެހެންދި ޗެމްބާރސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، އެކްޓިވިސްޓް މަރިޔަމް ޒުބައިރާ ދެކޮޅަށް ދައުވާކޮށްފައި ވާނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ކަމަށާއި، އަދި މިއީ ކުޑަ ކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ހުށަހެޅި މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤެއް ހިނގަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ލޯ ފާމުން ދޮގުކުރެއެވެ.

މެޑަމް ސާޖިދާގެ ފަރާތުން އެ ދެ ކޯޓުގައި އުފުލާފައިވާ ދައުވާގެ ބޭނުމަކީ އަދި މަޤުސަދަކީ ވެސް ކުޑަކުއްޖެއްގެ ހައްޤާއި ކަރާމާތް ހިމާޔަތްކޮށް، ސިޔާސީ ބޭނުމުގައި ކުޑަކުއްޖެއްގެ އަބުރަށް ހުތުރުވާގޮތަށް ޢަމަލުކުރުން ހުއްޓުވުން ކަމުގައި ރެހެންދި ލޯ ފާމުން ނެރުނު ބަޔާނުގައި ވެއެވެ.



މި މައްސަލަތަކަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މާޗު މަހު ބޭއްވި އެއްވުންތަކެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު، ރައީސުލްޖުމްހުރިއްޔާގެ ފިރިހެން ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒުއަށް އަމާޒުކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން މެޑަމް ސާޖިދާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަތަކެކެވެ. 

އެ ލޯ ފާމުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، މަރިޔަމް ޒުބައިރާއި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން، އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ޙާލަތެއް މެދުވެރުކޮށްފައިވާތީ ކަމަށެވެ.  

މި މައްސަލައާ ގުޅިގެން ރެހެންދި ޗެމްބާރސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްޤު ނިގުޅައިގެންކަމަށް ބުނެއެވެ.  

އަދި ފެމެލީ ކޯޓުގައި ދަޢުވާ އުފުލާފައި ވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކޮށްދިނުމުގެ ޤާނޫނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަޤުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާކަމަށް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS