ޚަބަރު
ފުލުހުން ބަލަމުންދާ ސްކޭމް މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

ސްކޭމް މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ ތިން މީހުން ---
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަޙިޤީޤަށް ހޯދަން ބޭނުންވާ ތިން މީހެއްގެ ވަނަވަރު އެ އިދާރާއިން އާންމުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތިން މީހުން ހޯދުމަށް އެމީހުންގެ ވަނަވަރު އާންމުކޮށްފައި މިވަނީ އެ މީހުން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭންގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
އެގޮތުން ފުލުހުން ހާޒިރުކުރުމަށް ބޭނުންވެގެން ވަނަވަރު އާންމުކުރި ފަރާތްތައް ތިރީގައި އެވަނީއެވެ.
ފަހުދު މުޙައްމަދު، ދަފްތަރު ނަންބަރު ދރ 416 / މާލެ (38އ)
ނަދީފް މުޙައްމަދު، ރަންކޮކާގެ / ގއ. ގެމަނަފުށި (36އ)
މަޙްމޫދު ޢަބްދުﷲ، ހަލަވެލި / ޅ. ނައިފަރު (30އ)
މި ތިން މީހުން ވެސް ި މަހުގެ 28 ވަނަ ދުވަހު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވާއިރު، މީގެ ތެރެއިން ފަޙުދު ހާޒިރު ވާން ޖެހެނީ އެ ދުވަހުގެ 10:00 އަށެވެ. އަދި ނަދީފް 11:00 އަށް ހާޒިރުވާން ޖެހޭއިރު، މަޙުމޫދު ހާޒިރުވާން ޖެހެނީ 12:00 އަށެވެ.
މި ތިން މީހުންނަކީ ވެސް ސްކޭމް މައްސަލައެއްގައި ތުޙުމަތު ކުރެވޭތީ ސުވާލު ކުރުމަށް ހޯދަން ބޭނުންވާ މީހުންކަަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.