Ads by Aqeeqa Maldives

ޚަބަރު

ޤާބިލް އަސްކަރިއްޔާއެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަނީ ބުރަ މަސައްކަތްޕުޅެއް: ވަޒީރު ޣައްސާން

ޤާބިލް އަސްކަރިއްޔާއެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަނީ ބުރަ މަސައްކަތްޕުޅެއް: ވަޒީރު ޣައްސާން

ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ---

farudhun logo

ފަރުދުން

21 އޭޕްރީލު 2025، 10:25

21 އޭޕްރީލު 2025، 10:25

ޤާބިލް އަސްކަރިއްޔާއެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަނީ ބުރަ މަސައްކަތްޕުޅެއްކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މިޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު ހައްޤުކަމުގައެވެ. އަދި މި ޝުކުރަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޚުދު ވަޒީރު ވެސް ރައީސް އަރިހުގައި ދަންނަވަން ޖެހޭ ޝުކުރެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މެސެޖުގައި ދުވަހުގެ މުނާސަބަތާ ގުޅުވައި ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައިވެއެވެ.  އަދި ހަމައެއާއެކު ދިވެހި ސިފައިންނާއި އާއިލާތަކަށް ވެސް ވަޒީރު ވަނީ ދަންނަވާފައެވެ.



ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS