ކުޅިވަރު

ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓުބޯޅަ މުބާރާތް ފަށައިފި

ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓުބޯޅަ މުބާރާތް ފަށައިފި

މުބާރާތުގެ ފުރަތަމަ މެޗުގައި ނައިފަރު ޗެލްސީ އާއި ވެލިދޫ އެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 10:09

21 އޭޕްރީލު 2025، 10:09

ނ. ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް" އިއްޔެ ހަވީރު ފަށައިފިއެވެ.

ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ، މުބާރާތުގެ އެންމެ ފަހުގެ ރަނާސް-އަޕް، ނައިފަރު ޗެލްސީ އެފްސީ އާއި ވެލިދޫ ސްޕޯޓްސް ކްލަބެވެ. ރާއްޖެއިން ބޭރުގެ ގިނަ ކުޅުންތެރިން ތަކެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ ނައިފަރު ޗެލްސީއިން މި މެޗު ކާމިޔާބުކުރީ 3-0 އިންނެވެ. އެ ޓީމުގެ ހުރިހާ ގޯލެއް ވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގައެވެ.

މުބާރާތް ފެށުމުގެ ޙާއްސަ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ދެ ޓީމުކަމުގައިވާ، މުބާރާތުގެ ފަހުގެ ޗެމްޕިއަން ވިންޑް ވޮރިއާރސް އެސްސީ އާއި ކޮމެޓްސް އެސްސީ ރޭ ބައްދަލުކުރި މެޗުގެ ކުރިންނެވެ. އެ ރަސްމިއްޔާތުގައި ކެނދިކުޅުދޫގެ އާދަކާދަ ދައްކުވައިދިން ހަރަކާތެއް ކުރިޔަށް ދިޔައެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއެވެ. 

ކެނދިކުޅުދޫ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓުބޯޅަ މުބާރާތް ފަށައިފި

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޓްރޮފީ، ފޮޓޯ: ސިޑިބަރި

މި މުބާރާތުގައި މި އަހަރު 8 ޓީމު ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީއަށް ދަތުރުކުރާނެއެވެ. އަތޮޅުން ބޭރުން މިފަހަރު މުބާރާތުގައި ވާދަކުރަނީ ނައިފަރު ޗެލްސީއެވެ. 

މުބާރާތުގައި މިދިޔަ އަހަރު 10 ޓީމަކުން ވާދަކުރިއެވެ. އަދި އަތޮޅުން ބޭރުން ހިންނަވަރު ސްޕޯޓްސް ކްލަބް ވެސް އެ މުބާރާތުގައި ވާދަކޮށްފައިވެއެވެ.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައި ވަނީ 150،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ދެވަނަ ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS