ޚަބަރު
ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ޙާއްޞަ ރަސްމިއްޔާތު ބާއްވައިފި

133 ވަނަ ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު، ފޮޓޯ: އެމްއެންޑީއެފް

ފަރުދުން
21 އޭޕްރީލު 2025، 09:27
21 އޭޕްރީލު 2025، 09:27
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ޙާއްސަ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފިއެވެ.
ހެނދުނު 6 ޖެހިއިރު އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި އަހަރީ ދުވަހާ ގުޅުވައިގެން ސިފައިން ބޭނުންކުރަން ހަމަޖެހިފައިވާ ޝިއާރު ވެސް ވަޒީރު ވަނީ އިޢުލާންކުރައްވާފައެވެ. މިފަހަރުގެ ޝިއާރަކީ "ޤާބިލު އަސްކަރިއްޔާ – ޤައުމުގެ ފަޚުރު" އެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
ދުވަހާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ސޯޝަން މީޑިއާގައި ޙިއްސާކުރެވި މެސެޖެއްގައި ވިދާޅުވީ، ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ސިއަރަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި މި ޤައުމު އޮތުން ކަމަށާއި، އަދި މި މިނިވަންކަމުގެ ފަހަތުގައި އޮތީ ސިފައިންގެ ޖޯޝާއި، ޤުރުބާނީ އާއި ނުގުޑާ އަޒުމް ކަމަށެވެ.