ކުޅިވަރު
ޤައުމީ ވޮލީ ލީގު: ފްލެކްސަރއިން ޗެމްޕިއަން ވެމްކޯ ބަލިކޮށްފި

ވެމްކޯ އާއި ފްލެކްސަރ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ޤައުމީ ވޮލީ ލީގު 2025 ގައި، ފްލެކްސަރ ސްޕޯޓްސް ކްލަބުން ލީގު އެންމެ ފަހުން ކާމިޔާބުކުރި ވެމްކޯ ބަލިކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ފްލެކްސަރ ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ފްލެކްސަރއެވެ. މި ދެ ސެޓު ވެސް އެ ޓީމުން ގެންދިޔައީ 18-25 ޕޮއިންޓުންނެވެ.
އަދި ތިން ވަނަ ސެޓު 27-25 ޕޮއިންޓުން ވެމްކޯ ކާމިޔާބުކުރި ނަމަވެސް، ފަހު ސެޓު 25-22 ޕޮއިންޓުން ކާމިޔާބުކޮށް ފްލެކްސަރއިން މެޗު ކާމިޔާބުކުރިއެވެ.
މިއީ ފްލެކްސަރ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ މެޗުގައި 3-1 ސެޓުން އެ ޓީމު ވަނީ ޕޮލިސް ކްލަބް އަތުން ބަލިވެފައެވެ.
ލީގުގެ ފުރަތަމަ މެޗު ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ. ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށް ކުޅުނު މެޗު އެ ކްލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަންގައި ގަދަ ހަޓީމު ވާދަކުރާއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.