ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޓީމު ސިންގަޕޫރުގައި ކޭމްޕުކުރާނެކަމަށް ވަޒީރު ވިދާޅުވެއްޖެ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޓީމު ސިންގަޕޫރުގައި ކޭމްޕުކުރާނެކަމަށް ވަޒީރު ވިދާޅުވެއްޖެ

އެކުވެރިކަމުގެ މެޗު ކުޅުމަށް ޤައުމީ ޓީމު އިންޑިއާއަށް ފުރުމުގެ ކުރިން ވަޒީރު ބައްދަލުކުރެއްވުން، ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 08:09

21 އޭޕްރީލު 2025، 08:09

މި އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވާ ދިވެހި ޤައުމީ ޓީމު ސިންގަޕޫރުގައި ކޭމްޕުކުރާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން މައުލޫމާތު ދީފައިވާ ގޮތުން، ޤައުމީ ޓީމު މުބާރާތަށް ތައްޔާރުވުމަށް އިތުރު ތަމްރީނު ހޯދުމަށް ދާނީ ސިންގަޕޫރަށެވެ. އަދި މި ކޭމްޕްގައި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިފަދަ ކޭމްޕްތަކުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ވަޒީރު ވިދާޅުވީ، މެޗް ފިޓްނަސްއަކީ މުބާރާތަކަށް ތައްޔާރުވާ ޓީމެއްގެ ކުޅުންތެރިންނަށް މުހިންމު ކަމެއް ކަމަށާއި، މި ކޭމްޕުން ކުޅުންތެރިންގެ ފިޓްނަސް ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ.

އަދި ޤައުމީ ޓީމުގެ ކޯޗަކަށް އައްޔަނުކުރާނެ ފަރާތަކާއި ގުޅިގެން ވަޒީރު ވިދާޅުވީ، އެ މަޤާމަށް އައްޔަނުކުރާނީ ބިދޭސީއެއްކަމެއް ނުވަތަ ދިވެއްސެއް ކަމެއް ނިންމާނީ އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީން ކަމަށާއި، އެ ކަމުގައި އެ ކޮމިޓީން ނިންމާ ގޮތަކަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެއްބާރުލުން ދެއްވާނެކަމަށެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ. އެ މުބާރާތް ޖޫން 22 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޖުލައި 5ގެ ނިޔަލަށް މުބާރާތް ކުރިޔަށްދާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS