Ads by Aqeeqa Maldives

ޚަބަރު

ނެޝަނަލް ހެލްތު ލެބޯޓަރީގެ ފެންވަރު ބެލުމަށް ބީއެލްކިޔުއެސްއިން އެސެސްމެންޓް ހަދައިފި

ނެޝަނަލް ހެލްތު ލެބޯޓަރީގެ ފެންވަރު ބެލުމަށް ބީއެލްކިޔުއެސްއިން އެސެސްމެންޓް ހަދައިފި

ނެޝަނަލް ހެލްތު ލެބޯޓަރީގައި ކުރިއަށްދިޔަ ތަހުލީލް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޭޕްރީލު 2025، 09:38

14 އޭޕްރީލު 2025، 09:38

ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ބެލުމަށް ތައިލެންޑުގެ ލެބޯޓަރީ އެކްރެޑިޓޭޝަން ބޯޑުން އެސެސްމެންޓްތަކެއް ހަދައިފިއެވެ. މި އެސެސްމެންޓްތައް ހަދާފައިވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު، ތައިލެންޑުގެ ބިއުރޯ އޮފް ލެބޯޓަރީ ކޮލިޓީ ސްޓެންޑަޑްސް (ބީއެލްކިޔުއެސް)ގެ ޓީމަކުން ރާއްޖެއަށް ޒިޔާރަތްކޮށްގެންނެވެ.

ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެސެސްމެންޓްތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ހެލްތު ލެބޯޓަރީގެ ތަހުލީލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ހަދާ އެސެސްމެންޓްތަކެކެވެ. ނަމަވެސް، އެސެސްމެންޓްތަކާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ނެޝަނަލް ހެލްތު ލެބޯރަޓްރީ ވަނީ 2008 އިން ފެށިގެން ބައިނަލްއަޤްވާމީ މިންގަނޑު "އައިއެސްއޯ/އައިއީސީ 17025" އަށް އެކްރެޑިޓް ކުރެވިފައެވެ. މި އެސެސްމެންޓްތަކަކީ މި އެކްރެޑިޓޭޝަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.

މި އެސެސްމެންޓްތަކުގެ ނަތީޖާ އަދި އޭގެ އަސަރު ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރާނެ ގޮތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS