ޚަބަރު
ނ. މާފަރާއި މަގޫދޫގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީ ތައްޔާރުވެއްޖެ

ނ. މާފަރާއި މަގޫދޫގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފޮޓޯ:އެމްޓީސީސީ
ނ. އަތޮޅުގެ މާފަރާއި މަގޫދޫގައި އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. މި ދެ ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކާއި، ފުޓްބޯޅަ ދަނޑެއް އަދި ޕޮލިސް ޕޯސްޓެއް ހިމެނެއެވެ.
މަގޫދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެކެވެ. އަދި މާފަރުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ އިތުރުން، ފުޓްބޯޅަ ދަނޑަކާއި، ޕޮލިސް ޕޯސްޓެއް އަދި އައުޓްޑޯ ޖިމެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ.
We have mobilized the project site at N. Magoodhoo for the completion of 2 projects:
— MTCC Plc (@MTCCPlc) April 12, 2025
Development of an Outdoor Gym and Development of a Fitness & Recreation Center
These initiatives are part governments efforts to enhance public well-being and encourage active lifestyles… pic.twitter.com/AzQhgXrCel
އެމްޓީސީސީން މިހާރު ވަނީ މި މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު މި ދެ ރަށަށް ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރިންހުރި ގިނަ މަޝްރޫޢުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ފެށޭ މުހިންމު މަސައްކަތްތަކެކެވެ.
350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުތައް ނިމުމުން، އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ތެރެއިން ކުރިއަށްގެންދެވޭ މަސައްކަތްތަކެކެވެ.