ދުނިޔެ

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގް ރިޔާސީ ރޭހުގައި ވާދަކުރަނީ

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގް ރިޔާސީ ރޭހުގައި ވާދަކުރަނީ

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޭޕްރީލު 2025، 12:49

13 އޭޕްރީލު 2025، 12:49

ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރު ލީ ޖޭ މިޔުންގް ކުރިއަށް އޮތް އެޤައުމުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަން އިޢުލާނުކުރައްވައިފިއެވެ.

އޭނާ ވަނީ ޤައުމުގައި އޮތްނުތަނަވަސްކަން ހައްލުކޮށް އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ވައުދުވެވަޑައިގެންފައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއެއްގައި ލީ ވަނީ އެޤައުމުގައި އިޖުތިމާއީ ކޯޅުންތަކުގެ އަސްލަކަށް ވެފައިވަނީ އެޤައުމުގެ އިޤްތިޞާދުގައި ހުރި ދެބައިވުންތައް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަހުގެ ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެފައިވާ ކަމަށް އޭނާވިދާޅުވެފައިވެއެވެ.

ދެކުނު ކޮރެއާގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިއޮތީ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ. ނަމަވެސް ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް މަގާމުން ދުރުކުރި މައްސަލަ ދުސްތޫރީ ކޯޓުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާތިލް ކުރުމުން މިހާރު ޑިސެމްބަރު މަހަށް އިންތިޚާބު ވަނީ ލަސްވެފައެވެ.

ޚިޔާލު ހޯދުމުގެ ޕޯލްތަކުގެ އެންމެ ކުރީގައި އޮތް ލީ ވަނީ އިޤްތިޞާދު ކުރިއަރުވައި ދިރުވައި އާލާކުރުމަށް ޓެކްނޮލޮޖީ އާއި ހުނަރު ތަރައްޤީ ކުރުމަށް ސަރުކާރުގެ ފެންވަރުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް ވައުދުވެފަ އެވެ.

ދެކުނު ކޮރެއާގެ ވެރިކަމަށް އިދިކޮޅު ފަރާތްތަކުންއެނބުރި އައުމުން އެމެރިކާއާ އެކު އޮންނަ ގުޅުމަށް ބުރޫއަރާ، ޖަޕާނާ ގުޅުން ރަނގަޅުވެ ޤައުމަށް ނުރައްކާވެދާނެ ކަމަށް ކޮންޒަވޭޓިވް ފާޑުކިޔުންތެރިން ވަނީ އިންޒާރު ދީފައެވެ. ނަމަވެސް ލީ ވަނީ ޑިޕްލޮމެސީއާ މެދު ޕްރެގްމެޓިކް އުސޫލެއް ހުށަހަޅުއްވާފަ އެވެ.

ޔޫންއާ ޚިލާފަށް ލީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެއްގޮތަށް އުތުރު ކޮރެއާއާ އެކު އިތުރަށް ގުޅުން ބަދަހި ކުރުމަށް ތާއީދު ކުރައްވާކަމަށްވެސް އިޝާރާތް ކުރައްވާފަ އެވެ.

އުމުރުން 61 އަހަރުގެ ލީ އަށް އިންތިޚާބު ނާކާމިޔާބުވީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔޫންއާ ދެކޮޅަށް ވާދަކޮށް އެޤައުމުގެ ތާރީހުގައި ވެސް އެންމެ ކުޑަ ތަފާތަކުންނެވެ.

އެކަމަކު މިދިޔަ އަހަރު މަޖިލިސް އިންތިޚާބެއްގައި އޭނާގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ހޯދައިދިން އިރު، ލިބަރަލް ޕާޓީގެ ބޮޑު ތާއީދެއް އޭނާއަށް އެބައޮތެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS