Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީން މާރާމާރީ ހިންގައިފި

ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީން މާރާމާރީ ހިންގައިފި

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 10:22

12 އޭޕްރީލު 2025، 10:22

ރޭގަ 10:08 ހާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް މީޑިއާތަކަށް ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ ބުނެފައެވެ. މި މާރާމާރީ ހިނގާފައިވަނީ ނޭޕާލް މީހަކާއި ބަންގްލަދޭޝް މީހެއްގެ މެދުގައެވެ. މި ދެ މީހުންނަކީވެސް ދެ ފިރިހެނުންނެވެ.

މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވެފައިވެއެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ވެއެވެ. މި މައްސަލައާ ގުޅިގެން ނޭޕާލް މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން މިހާރު މި މައްސަލަ ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މައްސަލައިގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS