Ads by Aqeeqa Maldives

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ އުތުުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ބޮޑުތަކުރުފާނު މަގުގެ އުތުުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޭޕްރީލު 2025، 03:34

09 އޭޕްރީލު 2025، 03:34

މާލެސިޓީގެ މައި އެއްމަގުކަމަށްވާ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެވުޒާރާގެ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބްއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ. 

455 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މިމަސައްކަތުގެ އަގަކީ 144,509,024.16 ރުފިޔާއެވެ.

މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 830 މީޓަރުގެ މަގުގައި ތާރު އެޅުން ހިމެނެއެވެ. އެއީ ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށެވެ.

މީގެއިތުރުން މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ހަމަމިއާއިއެކު ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ދުވާރުތައް ހެދުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުންވެސް ކުރިއަށްދާނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS