Ads by Aqeeqa Maldives

ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާނުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިޢުލާނުކޮށްފި

ފުލުހުން ހޯދަން އިޢުލާނުކުރި މީހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2025، 05:58

08 އޭޕްރީލު 2025، 05:58

މަކަރާއި ހީލަތްހެދުުމުގެ މައްސަލައެއްގައި މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުވާލައިފިއެވެ. 

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ އަޙްމަދު ހިޝާމް، ރީޙުއްޞަބާ / ނ. މަނަދޫ (35އ) އެވެ.

ފުލުހުން ބުނެފައިވަނީ، ހިޝާމް ހޯދަމުންދަނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ.

އަދި އޭނާ ފުލުހަށް ހާޒިރުކުރުމަށް އެމައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށްވެސް ފުލުހުންގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން ވަނީ މ. މުލީ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 14ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS