Ads by Aqeeqa Maldives

ޚަބަރު

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ ފުރަތަމަ ފަހަރަށް ހޮވުމަކީ ފަޚުރެއް: ރައީސް މުޢިއްޒު

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ ފުރަތަމަ ފަހަރަށް ހޮވުމަކީ ފަޚުރެއް: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޭޕްރީލު 2025، 10:59

04 އޭޕްރީލު 2025، 10:59

އދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ ފުރަތަމަ ފަހަރަށް ހޮވުމަކީ ބޮޑު ފަޚުރެއް ކަަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ އދ.ގެ އަންހެނުންގެ ކޮމިޝަން (ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން) ފުރަތަމަ ފަހަރަށް ރާއްޖެ ހޮވުުމުން އެކަންް ފާހަގަ ކުރައްވައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖެ އެޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށް ވެގެންދިޔުމަކީ ލިބިގެންދިޔަ ޝަރަފެއްކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވެފައިވަނީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށެވެ. 

އަދި މިވޭތުވެދިޔަ ތަނުގައި އަންހެނުން ބާރުވެރިކުރުވުމަށް ރާއްޖެއިން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައިވަ ނީ ރާއްޖެއާއެކު ކުރިއަށް އޮތް 4 އަހަރަށް އެޖަމްޢިއްޔާގެ މެމްބަރުކަން ލިބިގެންދިޔަ އެހެން ޤައުމުތަކަށްވެސް މަރުޙަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ހުރިހާ މެމްބަރު ޤައުމުތަކާއި ގުޅިގެން ޖަމްޢިއްޔާގެ ކުރިއެރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ދުވަސްތަކަކަށްވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އަދ.ގެ އަންހެނުންގެ ތަރައްޤީއަށާއި ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ "ޔޫއެން ވިމެން"ގެ މެމްބަރަކަށް އިންތިޚާބުވެފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ ރާއްޖެ އެޖަމްޢިއްޔާގެ މެމްބަރަކަށް އިންތިޚާބުވީ ފުރަތަމަ ފަހަރެވެ.

އދ. ގެ އަންހެނުންގެ ތަރައްޤީއަށް އަދި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކީ، އަންހެނުންގެ ޙައްޤުގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. މިޖަމިއްޔާއިން އދ.ގެ މެމްބަރު 193 ޤައުމުގައި އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބާރުއަޅާ މަސައްކަތްކުރާނެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS