Ads by Farudhun

ޚަބަރު

ރާއްޖޭގައި ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫޢުތައް ނުހިންގުމަށް އަދާލަތުން ގޮވާލައިފި

ރާއްޖޭގައި ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫޢުތައް ނުހިންގުމަށް އަދާލަތުން ގޮވާލައިފި

ޢަދާލަތު ޕާޓީގެ ބައްދަލުވުމެއް. ފޮޓޯ: ޢަދާލަތު ޕާޓީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 10:23

11 ނޮވެމްބަރު 2026، 10:23

ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެދޭ ގޮތަށް އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދިއުމަށް ސަރުކާރަށް އިލްތިމާސްކޮށް، ޢަދާލަތު ޕާޓީން ޤަރާރެއް ފާސްކޮށްފިއެވެ.

ޢަދާލަތު ޕާޓީން ނެރުނު މި ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ބޭރު މީހުން ދިގު މުއްދަތަށް ވަޒަންވެރިވާ ގޮތަށް ސަރަޙައްދުތައް އުފައްދައިގެން މަޝްރޫޢުތައް ހިންގާނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި ޢާންމު މަސްލަޙަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެއެވެ. އަދި ދިވެހި ޘަޤާފަތަށާއި ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށްވެސް މީގެ ސަބަބުން ނޭދެވޭ ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ރާއްޖޭގައި އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިންގަންވާނީ ބޭރުގެ މީހުން ދާއިމީކޮށް ދިރިއުޅޭ ވަކި ސަރަޙައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ބޭނުންކުރާ 'ހޮލިޑޭ ހޯމްސް' ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށް އެ ޕާޓީން ޤަބޫލުކުރާ ކަމަށް ޤަރާރުގައިވެއެވެ.

މީގެ އިތުރުން، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިފަދަ އިންޓަރނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް މަޝްރޫޢުތައް ރާއްޖޭގައި ތަރައްޤީކުރުމަކީ، ރާއްޖޭގެ އިޤްތިޞާދު އެކި ދާއިރާތަކަށް ފުޅާކޮށް، ސިންދަފާތު ކުރެވިފައިވާ ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް އަދާލަތު ޕާޓީގެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450