ދުނިޔެ

ޔަމަނުގެ ތަޢިއްޒަށް ޙޫޘީންގެ ވަރުގަދަ ޙަމަލާތަކެއް: މަރުވި މީހުންގެ ޢަދަދު 33 އަށް

ޔަމަނުގެ ތަޢިއްޒަށް ޙޫޘީންގެ ވަރުގަދަ ޙަމަލާތަކެއް: މަރުވި މީހުންގެ ޢަދަދު 33 އަށް

ޔަމަނުގެ ތަޢިއްޒު. ފޮޓޯ: އޭއެފްޕީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ނޮވެމްބަރު 2026، 11:24

10 ނޮވެމްބަރު 2026، 11:24

ޔަމަނުގެ ތަޢިއްޒަށް ޙޫޘީ ހަނގުރާމަވެރިން ދިން ކަމަށް ތުހުމަތުކުރެވޭ ވަރުގަދަ ޙަމަލާތަކެއްގައި ޢާންމުންގެ ތެރެއިން 33 މީހުން މަރުވެ، 58 މީހަކަށް ޒަޚަމްވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތަކުން ހާމަކޮށްފިއެވެ.

ޔަމަނުގެ "ނެޓްވޯކް ފޯ ރައިޓްސް އެންޑް ފްރީޑަމްސް"އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ވޭތުވެދިޔަ 73 ގަޑިއިރުގެ ތެރޭގައި ޢާންމުންނާއި ޢާންމު ޢުމްރާނީ ވަސީލަތްތަކާ ދެކޮޅަށް ޤާނޫނާ ޚިލާފު 133 އަމަލެއް ހޫޘީން ހިނގާފައިވާ ކަމަށެވެ. 

މީގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލާފައިވާ ބަޑީގެ ހަމަލާތަކާއި، ރޮކެޓް ޕްރޮޖެކްޓައިލް ފަދަ 216 ހަމަލާއެއް ހިމެނެއެވެ.

މީގެއިތުރުން، ހުކުރު ދުވަހު އަލްވަޒީޢިއްޔާ ޑިސްޓްރިކްޓުގެ އަލްޙަޟާރާ މާރުކޭޓަށް ދިން ޙަމަލާގެ ޒިންމާ ވެސް އެ ޖަމްޢިއްޔާއިން އަޅުވާފައިވަނީ ޙޫޘީންގެ ބޮލުގައެވެ. އެ ޙަމަލާގައި އެކަނިވެސް ގާތްގަނޑަކަށް 30 މީހުން މަރުވެ، 45 މީހުން ޒަޚަމްވެ، 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

ނަމަވެސް ޙޫޘީން ބުނެފައި ވަނީ މާރުކޭޓަށް ދިން ޙަމަލާއަކީ ސަޢޫދީ އިސްވެ އޮންނަ ކޯލިޝަންގެ ވައިގެ ޙަމަލާއެއް ކަމަށެވެ. މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

އެ ޖަމާޢަތުގެ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި ޢާންމުންގެ ހަ މީހަކު ވަގަށް ނެގުމާއި، 12 ގެއެއް ބަލައިފާސްކުރުމުގެ އިތުރުން، ޢާންމު އުޅަނދުފަހަރަށާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށްވެސް ވަނީ ގެއްލުން ދީފައެވެ.

ތަޢިއްޒަށް މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކާއި، ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެ ސަރަޙައްދުގެ އިންސާނީ ޙާލަތު އިންތިހާއަށް ގޯސްވަމުންދާ ކަމަށް އެ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ. އަދި ޢާންމުންނަށް އަމާޒުކޮށް ހިންގާ މިފަދަ ޖަރީމާތައް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450