Ads by Farudhun

ޚަބަރު

ކައްކާ ގޭސް ލީކްވުމުގެ ހާދިސާއެއް ހިނގައި މީހަކު ނިޔާވެއްޖެ

ކައްކާ ގޭސް ލީކްވުމުގެ ހާދިސާއެއް ހިނގައި މީހަކު ނިޔާވެއްޖެ

މާލެ ގެއެއްގައި ގޭސް ލީކްވުމުގެ ހާދިސާއެއް ހިނގުން. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2026، 01:58

27 އޯގަސްޓު 2026، 01:58

މާލޭގެ ގެއެއްގެ ތެރޭގައި ހާލުދެރަވެފައި ތިބި ދެ މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

މި މީހުންގެ ހާލު ދެރަވެފައި ވަނީ އެ މީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ތެރެއަށް ކައްކާ ގޭސް ލީކުވުމުގެ ސަބަބުންނެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮގަސްޓް 2016 ވީ ދުވަހުގެ ހެނދުނު 10:34 އެހައިކަންހާއިރުއެވެ.

ހާލުދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.

މި ހާދިސާގައި ހާލު ދެރަވި އަނެއް މީހާ ކަމަށްވާ 19 އަހަރުގެ އަންހެން މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450