Ads by Farudhun

ޚަބަރު

ފައިސާ މާރުކުރާ ހަތް ތަނަކުން ކަޅު ބާޒާރުގައި 76 މިލިއަން ޑޮލަރު ވިއްކާފައިވޭ: ވަޒީރު ޢަލީ އިޙްސާން

ފައިސާ މާރުކުރާ ހަތް ތަނަކުން ކަޅު ބާޒާރުގައި 76 މިލިއަން ޑޮލަރު ވިއްކާފައިވޭ: ވަޒީރު ޢަލީ އިޙްސާން

ވަޒީރު އަލީ އިޙްސާން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޯގަސްޓު 2026، 12:43

24 އޯގަސްޓު 2026، 12:43

މިދިޔަ 9 މަސް ދުވަހުގެ ތެރޭގައި ފައިސާ މާރުކުރާ ހަތް ތަނަކުން ކަޅު ބާޒާރުގައި 76 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަޒީރުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޕްރެސް ކޮންފަރެންސްގައި ވަޒީރު ވަނީ، އެމްއެމްއޭގެ އެދުމުގެ މަތިން އެ ވުޒާރާއިން ޑޮލަރު މާރުކުރާ ބައެއް ތަންތަން ތަހުޤީޤުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި މި ވަގުތު ރެޖިސްޓަރކޮށްގެން ހިންގަނީ ޑޮލަރު މާރުކުރާ 63 ތަން ކަމަށެވެ. މި ތަންތަނުގެ އިތުރުން، އެއްވެސް ލައިސަންސަކާއި ހުއްދައަކާއި ނުލައި ހިންގަމުންދާ ތަންތަން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ގޮތުން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ 7 ތަނެއް އެ ވުޒާރާއިން ވަނީ ތަހުޤީޤުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

7 އެކްސްޗޭންޖް ކުރާ ފަރާތަކުން މިދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެބަހުރި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގަ ވިއްކާފަ

ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް އެ ކަމަށް އޮންނަ ހުއްދައާއި ނުލައި ކުރުމަކީ ޖިނާއި ކުށެއް ކަމަށެވެ. އެހެންކަމުން، ހުއްދަ ނުނަގައި ޑޮލަރު މާރުކުރުން ބެލެވިގެންދާނީ ޖިނާއީ ކުށެއްގެ ގޮތުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޖިނާއީ ކުށްކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމަކީ ރާއްޖޭގެ ޤާނޫނުގައިވާ ގޮތުން މަނީ ލޯންޑަރިންގް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ޖިނާއީ ކުށްކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުން ކުރުމާއި، ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމާއި، އޭގެއިން އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ޤާނޫނުގައި މި ވަގުތު ބުނާ ގޮތުންނަމަ މަނީ ލޯންޑަރިންގް

ވަޒީރު ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކަށް ބޭރު ފައިސާ ލިބޭ މަގުތައް ހޯދައި ބެލިއިރު، އެ ފަރާތްތަކަށް ޑޮލަރު ލިބެނީ ރާއްޖެއިން ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކުގެ އަތުންކަން ފާހަގަކުރެއްވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި ނަން މަޝްހޫރު ބޮޑެތި ރިސޯޓުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެގޮތުން، ފާއިތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި ރިޒޯޓު ޗެއިނަކުން ކަޅު ބާޒާރަށް 4 މިލިއަން ޑޮލަރު ވިއްކާފައިވާކަން ވަނީ ފާހަގަވެފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ޢަލީ އިޙްސާން ވަނީ ރާއްޖޭގައި ހުއްދަ ނުނަގައި ޑޮލަރު މާރުކުރާ ފަރާތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުން ވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، މިއީ ޖިނާއީ ކުށެއްކަންދަނެ، އެންމެހާ ފަރާތްތަކުން ވެސް މި ކުށާއި ދުރުވުމަށް އެ މަނުކުފާނު އިލްތިމާސްކުރެއްވިއެވެ. ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަންވާނީ އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އަދި ވަޒީރު ވަނީ، ކަޅުބާޒާރުގައި ހުއްދަ ނުނަގާ ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ފިޔަވަޅު އަޅާނެކަމަށް ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން 5 ހާހާއި 1 މިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450