Ads by Farudhun

ޚަބަރު

މާފުށީ ބަނދަރު އަޕްގްރޭޑް މަޝްރޫޢު: ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށް

މާފުށީ ބަނދަރު އަޕްގްރޭޑް މަޝްރޫޢު: ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 އޯގަސްޓު 2026، 04:05

23 އޯގަސްޓު 2026، 04:05

ކ. މާފުށީ ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށްޓަކައި ކުރިޔަށްގެންދާ މަޝްރޫޢުގެ ދަށުން މިހާރުކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ޖުމްލަ 83 އިންސައްތަ މަސައްކަތް މިހާރު އެ ކުންފުނިން ނިންމާފައިވާއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.



މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި، ކުރީގެ ބަނދަރު މަރާމާތަށް ފުންކުރުމާއި، ޕޭވްމަންޓް ހެދުމާއި، ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރިވެޓްމަންޓް ޖެހުމާއި، އެއްގަމުތޮށި ލުންމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތާއި، ރޭމްޕް އަދި ސިޑި ހެދުމާއި، ގުޅުވައިދޭ ފާލަން އަދި ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކ. މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށްކަމަށްވާއިރު، ކޮންމެ ދުވަހަކު އެ ރަށަށް އަންނަ އެތައްބަޔަކު އަންނަމުން ދިއުމާއި ގުޅިގެން، އެ ރަށަކީ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑު ރަށެކެވެ. މި ކަން ހައްލުކުރުމަށް ސަރުކާރުން 374 މީޓަރުގެ ބަނދަރެއް އެ ރަށުގައި ހެދުމަށް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ.

މި މަޝްރޫއަށް  82,599,660.36 ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ ސަރުކާރުން ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމަށް އިސްކަންދީގެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ދެއްވާ ސަމާލުކަން ފާހަގަވެގެންދާ ކަމެއްކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450