Ads by Farudhun

ޚަބަރު

ކާބަފައިން ދައްކައިދިން ހަޤީޤީ މަންޒަރަކީ ދިވެހިންނަކީ އަބަދުވެސް ޤައުމީ ލޯބި އިސްކުރާ ބައެއްކަން: ރައީސް

ކާބަފައިން ދައްކައިދިން ހަޤީޤީ މަންޒަރަކީ ދިވެހިންނަކީ އަބަދުވެސް ޤައުމީ ލޯބި އިސްކުރާ ބައެއްކަން: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2026، 12:55

15 އޯގަސްޓު 2026، 12:55

ޤައުމީ ދުވަހުގެ ކާބަފައިން ދައްކައިދިން ހަޤީޤީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހިންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަން ފާހަގަކުރައްވައި، އެކަމުގައި ވަކި ފަންތިއެއް ނުވަތަ ގިންތިއެއްގެ ތަފާތެއް ނޯންނަކަން ބަޔާންކުރެއްވިއެވެ. މިގޮތުން، ސިޔާސީ އެންމެ މަތީ ވެރިޔާ އަލިރަސްގެފާނާއި، ރަށްފުށުގެ ފުދުންތެރިއެއް ކަމަށްވާ އުތީމު އަލިތަކުރުފާނާއި، ވިޔަފާރިވެރިން ކަމަށްވާ ތިމަރަފުށީ ދެ ހާޖީންވެސް ޤައުމުގެ ދިފާޢުގައި ފުރާނަފުޅު ދޫކޮށްލެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ވިލިނގިލީ ރައިވެރިބެއާއި ދޮނަކުޅީ ރައިވެރިބެއާއި މަރޮށީ ރާވެރިބެ ފަދަ ނިކަމެތިންނާއި، ނޮޅިވަރަމްފަރު އެދުރުކަލޭގެފާނު ފަދަ ޢިލްމުވެރިންނާއި، ކަނބާ އައިސާއާއި ސިއްތި މާވާ ފަދަ ކަނބަލުންގެ އިތުރުން، ދުވާފަރު ދަންޑެހެލު ފަދަ ޒުވާނުން ޤައުމީ ވާޖިބު އަދާކުރެއްވި ގޮތުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

 ޤައުމީ ދުވަސް އަޅުގަނޑުމެން ގާތު ބުނަނީ ދިވެހި ކާބަފައިން އަބަދުވެސް ތިބީ ޤައުމާ އެއްކޮޅަށްކަން. ޤައުމީ ލޯބި އެއީ ދިވެހީން އަބަދުވެސް އެ ރޫޙާއެކު އުފާކުރާ މަތިވެރި ލޯތްބެއްކަން. ޤައުމީ ލޯތްބާ ދިވެހީން ދުވަހަކު ވެސް ވަކިނުވާނަންކަން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

 ޤައުމީ ދުވަހުގެ ބަޠަލަށް މުޅި ރާއްޖޭން ދިން ފުރިހަމަ އިޖާބައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަޅުއޮއްފުންމި ބަންނަވަން މާވަޑިން ހޯއްދަވަން ކުރެއްވި ދަތުރުގައި ރާއްޖޭގެ ތަފާތު 40 ރަށުން 40 މާވަޑައިން ބައިވެރިވި ކަމަށެވެ. މިއިން އެނގެނީ މި ބޮޑު ޤައުމީ ޖިހާދުގައި މުޅި ރާއްޖެ ބައިވެރިވިކަމާއި، މުޅި ޤައުމުގައި ވަނީ ޤައުމީ ވިސްނުންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އިލްތިމާސް ކުރެއްވީ، މި މަތިވެރި އަޖުދާދުންގެ ހަރުދަނާ އަމަލުތަކުން ފިލާވަޅު ލިބިގަނެ، މުޅި ރާއްޖޭގެ ވިސްނުމަކީ ޤައުމީ ވިސްނުން ކަމުގައި ހެދުމަށެވެ. އަދި އަބަދުވެސް ޤައުމާ ދިމާޔަށް ހިތްތަކާއި ނިތްތައް ސީދާކޮށް، އެއް ރޫޙެއްގައި، އެއް ޢަޒުމެއްގައި، އެއް އަމާޒެއްގައި އެއް ބައެއްގެ ގޮތުގައި ދެމިތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450