ދުނިޔެ

ޑްރޯން ހަމަލާއަކާ ގުޅިގެން ލީބިޔާގެ ޒާވިޔާ ތެޔޮ ސާފުކުރާ ކާރުޚާނާގައި ބޮޑު އަލިފާންގަނޑެއް ރޯވެއްޖެ

ޑްރޯން ހަމަލާއަކާ ގުޅިގެން ލީބިޔާގެ ޒާވިޔާ ތެޔޮ ސާފުކުރާ ކާރުޚާނާގައި ބޮޑު އަލިފާންގަނޑެއް ރޯވެއްޖެ

ޑްރޯން ހަމަލާއަކާ ގުޅިގެން ލީބިޔާގެ ޒާވިޔާ ތެޔޮ ސާފުކުރާ ކާރުޚާނާގައި އަލިފާން ރޯވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2026، 04:59

11 އޯގަސްޓު 2026، 04:59

ލީބިޔާގެ ވެރިރަށް ޓްރިޕޮލީއާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ހުޅަނގުން އޮންނަ، އެ ގައުމުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ކަމަށްވާ ޒާވިޔާ ރިފައިނަރީއަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެތަނުގައި ބޮޑު ރޯވުމެއް ހިނގައިފިއެވެ.

މި ހަމަލާތައް މިގޮތަށް ކުރިއަށްދާނަމަ، މަސައްކަތްތައް މެދުކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު ލީބިޔާގެ ގައުމީ ތެޔޮ ކުންފުނި (އެންއޯސީ) އިން ވަނީ ދީފައެވެ.

އެންއޯސީން ހާމަކުރި ގޮތުގައި، ހޯމަ ދުވަހުގެ ރޭގަނޑު މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބްރޭގާ އޮއިލް ކުންފުނީގެ 402-ޓީ ނަންބަރު ތެޔޮ ރައްކާކުރާ ޓޭންކަށެވެ. މި ޓޭންކުގައި ގާތްގަނޑަކަށް 4.5 މިލިއަން ލީޓަރުގެ ޕެޓްރޯލް ހުއްޓެވެ. ހަމަލާގެ ސަބަބުން ޓޭންކުގައި ބޮޑު އަލިފާނެއް ރޯވެ، އެއްކޮށް ހަލާކުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، އާދީއްތަ ދުވަހު އެތަނުގެ ފެން ސާފުކުރާ ޕްލާންޓަކަށް އަދި ހޮނިހިރު ދުވަހު ނެފްތާ ރައްކާކުރާ ތަނަކަށްވެސް ޑްރޯން ހަމަލާދީފައިވާ ކަމަށް އެންއޯސީން ބުނެއެވެ.

ލީބިޔާގެ އެމްބިއުލަންސް އެންޑް އިމަޖެންސީ ސާވިސްއިން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ގިނަ ބަޔަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދީފައިވެއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

މި ހަމަލާއާ ގުޅިގެން ޓްރިޕޮލީގައި ހުންނަ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހާމިދު ދުބައިބާ ވަނީ ސަލާމަތީ ބާރުތަކާއެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި ގައުމުގެ މުހިންމު ވަސީލަތްތަކަށް ގެއްލުންދޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ. ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުންވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ތެޔޮ ވަސީލަތްތައް ރައްކާތެރިކުރުމަށް ގޮވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450