ދުނިޔެ

ޓައިފޫން ޑޮލްފިން ޖަޕާނާ ދިމާލަށް: އޮކިނާވާ އަށް ބާރުގަދަ ތޫފާނެއްގެ އިންޒާރު ނެރެފި

ޓައިފޫން ޑޮލްފިން ޖަޕާނާ ދިމާލަށް: އޮކިނާވާ އަށް ބާރުގަދަ ތޫފާނެއްގެ އިންޒާރު ނެރެފި

ޓައިފޫން ޑޮލްފިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޯގަސްޓު 2026، 09:00

04 އޯގަސްޓު 2026، 09:00

ޕެސިފިކް ކަނޑުގެ ހުޅަނގުން ޖަޕާނާ ދިމާލަށް ދަތުރުކުރަމުންދާ ބާރުގަދަ ތޫފާން "ޑޮލްފިން" މި ހަފުތާގެ ފަހުކޮޅު ޖަޕާނުގެ އޮކިނާވާ އަށް އަރާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަންގައިފިއެވެ.

ޒޫމް އާތުން ރިޕޯޓްކުރާ ގޮތުގައި، މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ ގަޑިއަކު 185 ކިލޯމީޓަރު (115 މޭލު) ބާރުމިނުގައެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުނާ ގޮތުގައި، މި ތޫފާން މިހާރު ވަނީ ޖަޕާނުގެ އޮގަސަވާރާ ޖަޒީރާތަކަށް އަރައި، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގަދަވަޔާއެކު އަސަރުކޮށްފައެވެ. ކުރިއަށް އޮތް ބުރާސްފަތި ދުވަހު ތޫފާން ދައިޓޯ އަދި އަމާމީ ޖަޒީރާތަކާ ގާތްވާނެ ކަމަށް ބެލެވޭއިރު، ހުކުރު ދުވަހުގެ ހެނދުނު 1.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އޮކިނާވާ އަށް ތޫފާން އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ތޫފާނާ ގުޅިގެން އޮކިނާވާގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައްޔިތުން ގޭބިސީތައް ރައްކާތެރިކުރުމަށާއި، މޫދާ ކއިރި ހިސާބުތަކުން ދުރަށް ޖެހުމަށް އިރުޝާދު ދީފައެވެ. އަދި ކަރަންޓު ކެނޑުމާއި، ފެރީ އަދި ވައިގެ ދަތުރުފަތުރަށް ބުރޫއެރުން އެކަށީގެންވާތީ އެކަމަށް ތައްޔާރުވުމަށް ވެސް ވަނީ އަންގާފައެވެ. ހޮންކޮންގުގެ ހުދު ކުލައިގެ ޑޮލްފިންއަށް ނިސްބަތްކޮށް ނަން ދީފައިވާ މި ތޫފާނުގެ އަސަރު ޓައިވާނުގެ އުތުރާއި އިރުމަތީ ސަރަހައްދުތަކުގެ އިތުރުން ޗައިނާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވެސް ކުރާނެ ކަމަށް ބެލެވެއެވެ.

ޖުލައި 26 ގައި އުފެދުނު މި ތޫފާން ވަނީ އޭގެ ދަތުރުގައި "ސުޕަރ ޓައިފޫން" އެއްގެ ދަރަޖައަށް ވެސް ބާރުގަދަވެފައެވެ. ނަމަވެސް މިހާރު ތޫފާން ހުރީ "ވެރީ ސްޓްރޯންގް ޓައިފޫން" ނުވަތަ ވަރަށް ބާރުގަދަ ތޫފާނެއްގެ ދަރަޖައިގައެވެ. މިފަދަ ތޫފާންތަކަކީ ގަޑިއަކު 118 ކިލޯމީޓަރަށް ވުރެ ބާރަށް ވައިޖެހޭ، އިމާރާތްތަކަށާއި ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ގާބިލުކަން ހުންނަ ތޫފާންތަކެކެވެ.

ހަރިކޭން، ސައިކްލޯން އަދި ޓައިފޫންއަކީ އޭގެ އަސްލުގައި އެއް ބާވަތެއްގެ ތޫފާންތަކެއް ނަމަވެސް، މި ނަންތައް ތަފާތުވަނީ ތޫފާން އުފެދޭ ސަރަހައްދަށް ބަލާފައެވެ. ޓައިފޫން އުފެދެނީ ޕެސިފިކް ކަނޑުގެ ހުޅަނގު އުތުރު ސަރަހައްދުގައެވެ. މި ސަރަހައްދުގައި ތޫފާން އުފެދޭ މޫސުމަކީ އާންމުކޮށް މެއި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450